ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮތަޅު ކޯޓް ލައިގެން ބުރިޖާއި ހައިވޭގައި ނުދުއްވުން އެދެން: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮތަޅު ކޯޓް ލައިގެން ބުރިޖާއި ހައިވޭގައި ނުދުއްވަން ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

ކޮތަޅު ކޯޓް ލައިގެން ބުރިޖާއި ހައިވޭގައި ދުއްވުމަކީ ރައްކާތެރި ކަމެއް ނޫންކަން ފުލުހުން މިއަދު ކުރެއްވި ޓްވީޓެއްގައި ފާހަގަކުރައްވާފައިވެއެވެ.

ފުލުހުން ވިދާޅުވީ އެފަދަ ވިއްސާރަ ކޯޓުތައް ވަޔާއި އެކު ވީދައިގެން ގޮސް ކައިރިން އަންނަ ވެހިކަލްތަކުގައި އެޅި އެކްސިޑެންޓް ވުމަށް މަގުފަހިވެދާނެ ކަމަށެވެ.

އެހެންކަމުން ހުރިހާ ބޭފުޅުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް ފުލުހުން ވަނީ އެދިވަޑައިގަންނަވާފައެވެ.

https://twitter.com/PoliceMv/status/1207527078494519296?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1207527078494519296&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F278032

ރާއްޖޭގެ މޫސުން މިއަދު ހެނދުނު 10އިން މާދަމާ 10އަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށާ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

އަދި އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާ، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރައްވައެވެ. ހަމައެހެންމެ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެއެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާ އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމު ގޮތެއަގައި ގަދަ ވާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: