ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންޝިޕްމަންޓް ބަނދަރަށް ލަފާ ހޯދުމަށް ނެދަލޭންޑްސް-ޑެންމާކު ޖޮއިންޓް ވެންޗާއަކަށް 8 ލައްކަ ޑޮލަރު!

ޓްރާންޝިޕްމަންޓް ބަނދަރަށް ލަފާ ހޯދުމަށް ނެދަލޭންޑްސް-ޑެންމާކު ޖޮއިންޓް ވެންޗާއަކަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އުތުރާއި ދެކުނުގައި އަޅާ ވިޔަފާރި ބަނދަރުތައް ގާއިމް ކުރުމުގެ މަސަައްކަތުގައި ކޮންސަލްޓެންސީ ދިނުމަށް ނެދަލޭންޑްސްގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓު ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) އަދި ޑެންމާކުގެ ނީރާސްގެ ޖޮއިންޓް ވެންޗާއަކާ ހަވާލުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓްރީގެ އެކްޓިން ޕާމަނަންޓް ސެކޭޓްރީ އަދި ޑިރެކްޓަރު އަހުމަދު މިގްދާދުއެވެ. އަދި އެމްޓީބީއެސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އޮތޮރައިޒްޑް ޑިރެކްޓަރ ކޮމާސް އެންތޮނީ ވަންޑަ ހޮއެސްޓެވެ.

ޖުމްލަ އައްލައްކަ ޑޮޮލަރު އަގުގެ އެ ކޮންޓްރެކްގެ ދަށުން ކުރިޔަށް ގެންދާނެ މަސައްކަތަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމް ކުރަން ނިންމާފައިވާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ގާއިމް ކުރުމެވެ. އަދި ސްކޯޕިންގެ މަސައްކަތާއި ފީސިބިލިޓީ އެނެލިސިސް ހަދައި ޕްރޮޖެކްޓު އެކުލަވަލުމާއި ޓްރާންސެކްޝަން އެޑްވައިޒަރީގެ މަސައްކަތް އެ އެބަސްވުމުގެ ދަށުން ކުރިޔަށް ގެންދާނެއެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު އިޔާދު ވިދާޅުވީ، ޓްރާންޝިޕްމެންޓު ބަނދަރު ގާއިމް ކުރުމުގެ ފީޒިބިލިޓީ ބަލާނެ ސަރަހައްދުތަކަކީ އުތުރުން އިހަވަންދިއްޕޮޅާއި ދެކުނުން ލ. އަތޮޅާއި ހުވަދޫ އަތޮޅާ ދެމެދުގައިވާ ހުވަދޫ ކަނޑާ ކައިރިން އެންމެ އެކަށޭނަ ތަނެއް ކަމަށެވެ. އެެހެން ކަމުން، ބޯޓުތައް މަރާމަތު ކުރުމަށް އަދި ބޯޓުފަހަރުތަކަށް ސަޕްލައި ކުރުމަށް އަމާޒުކޮށްގެން އައްޑޫ އިންޓަނޭޝަނަލް ޕޯޓު ތަރައްގީކުރުން އެއްބަސްވުމުގެ ދަށުން ކުރިޔަށްގެންދާނެއެވެ. އެއާއި އެކު ފީޒިބިލިޓީއަށް ބިނާކޮށް އެ މަޝްރޫއު ކުރިޔަށް ގެންދާނެ ގޮތުގެ މައްޗަށް ދިރާސާއެއް ކުރިޔަށް ގެންދާނެއެވެ.

ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާ، ސަރަހައްދަކީ އިގްތިސޯދީގޮތުން މުހިއްމު ސަރަހައްދެއްކަން ފާހަގަ ކުރައްވާ އިޔާދު ވިދާޅުވީ ރާއްޖެ އުފެދިފައިވާ ސަރަހައްދުގެ ބޭނުން ހިފައިފިނަމަ އިގްތިސާދީ އާއި މާލީގޮތުން ރާއްޖެއަށް ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި އެގޮތުގެ މަތީން ބަނދަރުތައް ގާއިމްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”ގުދުރަތީ ގޮތުން ރާއްޖެ މިއޮތީ ވަރަށް މުހިންމު ލޮކޭޝަނެއްގައި. އެހެންވީމަ އަޅުގަނޑުމެންގެ އަމާޒަކީ މި ލޮކޭޝަންގެ އެންމެ ފުރިހަމަ ބޭނުން ހިފައި މިކަމުގެ ފުރިހަމަ ފައިދާ ރާއްޖޭގެ އިގްތިސާދަށް ފޯރުކޮށްދިނުން.“ އިޔާދު

ޓްރާންސްޝިޕްމެންޓު ބަނދަރު ގާއިމް ކުރުމުގެ މަޝްވަރާ ކުރިތާ އަހަރުތަކެއް ވެފައިވާއިރު، އިޔާދު ވަނީ ރައީސް ސޯލިހް ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ބަނދަރުތައް ގާއިމް ކުރުން ކަމަށެވެ.

ގުޅިފަޅުގައި ތަރައްގީކުރާ އިންޓަނޭޝަނަލް ޕޯޓުގެ ކޮންސަލްޓެންސީ މަސައްކަތް އެއް މިލިއަން ޑޮލަރަރުގެ އަގަކަށް ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލްޓަންސީ ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކަށް ވަނީ ހަވާލުކޮށްފަ އެވެ. ގުޅީފަޅުގައި މި ސަރުކާރުން ހަދަން ނިންމާފައިވާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ކޮންސަލްޓެންސީގެ މަސައްކަތް ވެސް ކުރަން ހަވާލުކޮށްފައި ވަނީ އެ ކުންފުންޏާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: