ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ދިނުމަށް ދެކޮޅުހެދި މަޑުއްވަރީ ކުޑަކުދިން ތަކަކަށް ވެކްސިން ދީފި

ރ.މަޑުއްވަރި ----
ޝެއާރކޮށްލާ ކަހަލަދޯ؟

މަޑުއްވަރީގައި ވެކްސިން ދޭން ދެކޮޅު ހެދި އާއިލާއެއްގެ ތިން ކުއްޖަކަށް ވެކްސިން ދީފިއެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ވެކްސިންދިނުމަށް އިއްޔެ ދެކޮޅު ހެދި ގެއެއްގެ މީހުން ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް، ޖެންޑަރ މިނިސްޓްރީގެ ފަރާތުން އެމީހުންނަށް ނަސޭހަތްތެރި ވުމަށްފަހު އެގޭ ކުދިންނަށް ވެކްސިން ދިނުމަށް މިއަދު އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ ތިން ކުދިންނަށް މިއަދު ވެކްސިން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިއަދު ވެކްސިން ދީފައިވަނީ 4 އަހަރުގެ ފިރިހެން ކުއްޖަކަށާއި، 2 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 1 މަހުގެ ތުއްތު އަންހެން ކުއްޖަކަށް ކަމަށެވެ.

މަޑުއްވަރީގައި ހަރުކަށި ފިކުރުގެ މީހުން ހޯދާ އެކަމުގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާއި ކުޑަކުދިން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި ރ.މަޑުއްވަރީގައި ކުޑަކުދިންނަށް ވެކްސިން ދިނުމާއި އަންހެން ކުދިންނާއި އަންހެނުން ތައުލީމު އުނގެނުމުން މަހުރޫމްކޮށް، ކުޑަކުދިން ޅައުމުރުގައި ކައިވެނިކުރުން އާންމުވުން ފާހަގކުރެވިފައިވާ ކަމަށް ވަނީ ބުނެފައެވެ.

މި އޮޕަރޭޝަންގައި ފުލުހުން ވަނީ އެރަށުގެ 6 ގެއެއް ބަލާ ފާސްކޮށް އެރަށުން 3 މީހަކު ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ވަނީ ޖަހާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: