ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް އޮޕްރޭޝަންތައްް ކުރީގެ އިންޓަރނޭޝަނަލް އެއާޕޯޓަށް، ޑޮމެސްޓިކް ޓާމިނަލް ބަދަލުކުރުމާ ގުޅިގެން އެއާޕޯޓްގެ ޓްރެފިކް ފްލޯއަށް މިރެއިން ފެށިގެން ބަދަލު އަންނާނެކަމަށް އެމްއޭސީއެލްއިން ބުނެފި އެވެ.

މި ބަދަލާއެކު ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ އުޅަނދުތައް މަޑުކުރާނީ ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް ކުރިމައްޗަށެވެ.

ޑޮމެސްޓިކް ޓާމިނަލުން އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް ބޭނުންކުރާނީ ޓާމިނަލް 1ގެ ޓެކްސީ ކިއުއެވެ. މި ބަދަލާއެކު ކުރީގެ ޑޮމެސްޓިކް ޓާމިނަލްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ސަރަހައްދަށް އުޅަނދުތައް މަޑުކުރުމާއި ފަސިންޖަރުން ބޭލުމަކީ މަނާކަމެކެވެ.

އެމްއޭސީއެލްއިން ވިދާޅުވީ ޓާމިނަލްގެ ޚިދުމަތަށް ބަދަލު އައި ނަމަވެސް، އެއާޕޯޓްގައި ބަހުގެ ޚިދުމަތް ދޭ ގޮތަށް ބަދަލު ނާންނާނެކަމަށާއި، ބަސްތައް މަޑުކުރާނީ މިހާރުވެސް ބަސް ހުއްޓިތައް ހުރި ސަރަޙައްދުތަކަށްކަމަށެވެ.

އެއާޕޯޓުން ޚިދުމަތް ހޯދާ ފަރާތްތަކާއި އުޅަނދު ދުއްވާ ފަރާތްތަކުންވެސް މި ބަދަލުތަކަށް ސަމާލުވުމަށް އެމްއޭސީއެލްއިން ވަނީ އެދިފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލްގެ ޚިދުމަތް ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.

ވަކި ތާވަލަކަށް ބަހާލައިގެން، މިހާރު ވަނީ ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލްގެ ހުރިހާ ޚިދުމަތްތައް އައު ޓާމިނަލަށް ބަދަލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: