ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއާއި ވީފަޅިން ބްރިޖްގައި ނުރައްކާތެރި އެކްސިޑެންޓެއް!

މާލެއާއި ވީ ފަޅިން ސިނަމާލެ ބްރިޖް ނިމޭ ސަރަހައްދުން ނުރައްކާތެރި އެކްސިޑެންޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.

ބްރިޖްގެ މާލެއާއި ވީފަޅިން ފައިބާ ހިސާބުގައި ހިނގި އެކްސިޑެންޓުގައި ގިނަ އުޅަނދުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ. އެގޮތުން، ގެއްލުން ލިބުނު ކާރުތައް ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ. ހުޅުމާލެއާއި ވީފަޅިން އައިސް، މާލޭގެ ބްރިޖުގެ ގޭޓާއި ހަމައިން އެ އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި އައި ޖިޕެއް، ޓްރެފިކަށް މަޑުކުރުމުންނެވެ.

މަންޒަރު ދުށް ބައެއް މީހުން އެ ހާދިސާ ހިނގައިދިޔަ ގޮތް ސޯޝަލް މީޑިއާގައި ހިއްސާކޮށް ބުނެފައިވަނީ، އެކްސިޑެންޓު ހިނގިވަގުތު މުޅިތަކުން ބާޑު އަޑުފައްގަނޑެއް އިވިގެން ދިޔަކަކަމަށެވެ. އަދި އެ ހާދިސާއާއި އެކު މީހުންގެ ހަޅޭކުގެ އަޑާއި، ކާރުތަކުގެ ފޮރޮޅުތައް ފަޅައިގެން ދިޔަ އަޑު އިވުނު ކަމަށެވެ. މުޅި ސަރަހައްދުގައި އެވަގުތު އޮތީ ހަޅޭކުގެ އަޑުކަމަށް އެ ހާދިސާ ހިއްސާ ކުރައްވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

މާލެއާއި ވީ ފަޅިން ސިނަމާލެ ބްރިޖް ނިމޭ ސަރަހައްދުން ނުރައްކާތެރި އެކްސިޑެންޓެއް

ހާދިސާގައި ޖުމްލަ ކިތައް މީހުންނަށް އަނިޔާވި ކަމެއް އަދި ސާފެއް ނުވެއެވެ. އެކްސިޑެންޓުގައި ތިން ކާރަކާއި ސައިކަލަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވިއިއެވެ. އެހެން ނަމަވެސް، އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި ކުޑަކުއްޖެއް ހިމެނެއެވެ.

ސޯޝަލް މީޑިއާގައި އެކްސިޑެންޓުގެ ފޮޓޯތައް ވަނީ ދައުރުވާން ފަށާފައެވެ. އެކްސިޑެންޓުގައި އެއް ކާރު ވަރަށް ބޮޑަށް ވަނީ ބަނޑިވެ ހަލާކުވެފައެވެ.

ސިނަމާލެ ބްރިޖްގައި މީގެ ކުރިން ސްޕީޑު ބްރޭކަރުތައް ހުރެއެވެ. އެހެން ނަމަވެސް، މީގެ ދޮޅުމަސް ކުރިން އެ ސްޕީޑު ބްރޭކަރުތައް ވަނީ ނަގާފައެވެ. އަދި ބްރިޖްއިން ފައިބައިގެން، އިންޑަސްޓްރިއަލް އާއި ވީ ދިމާލުގެ ރިންގްރޯޑުގެ ސްޕީޑު ބްރޭކަރުތައް ވެސް ވަނީ ނާގާފައެވެ. ސްޕީޑު ބްރޭކަރުތައް ނެގުމުން، އެކަމާ ކަންބޮޑުވުން ފާޅުކޮށް އާއްމުންވަނީ އޭގެ ސަބަބުން ބާރަށް ދުއްވާ މީހުންނަށް އިތުރު ހިއްވަރެއް ލިބި، އެކްސިޑެންޓުތައް ހިނގުން އިތުރުވެދާނެ ކަމަށް ބުނެފައެވެ.

ކުރިޔަށް މިދަނީ ބޮޑު ޗުއްޓީކަމަށްވުމާއި އެކު، ގިނަ އަދަދެއްގެ މީހުން ބްރިޖް މަތީން ދަތުރުކުރާކަން ފާހަގަކުރެެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: