ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޑުއްވަރީގައި ހަރުކަށި ކަމެއް ނެތް: ކައުންސިލް މެމްބަރެއް

މަޑުއްވަރީގައި ހަރުކަށި ކަމެއް ނެތް ކަމަށް ބުނެ ކައުންސިލްގެ މެމްބަރެއްގެ ބަޔާނެއް!
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރުގެ މީހުން ރ.މަޑުއްވަރީގައި ގިނަކަމަށް ބުނެ، ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށްބުނެ މަޑުއްވަރީ ކައުންސިލްގެ މެމްބަރެއް ބަޔާނެއް ނެރެފިއެވެ.

މަޑުއްވަރީގައި ފުޅާ ދާއިރާއެއްގައި ފެތުރެމުންދާ ހަރުކަށި ފިކުރު ހުއްޓުވުމަށްސަލާމަތީ ބާރުތަކުން ވަނީ މަޑުއްވަރީގައި ބޮޑު އޮޕަރޭޝަނެއް ހިންގައި ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.

ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރާ މީހުން ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް ފުލުހުންނާއި ސިފައިން ވަނީ އެ ރަށުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. ހައްދުފަހަނަޅާފައިވާ ފިކުރުގެ މީހުން ގިނަކަމަށް ބުނާ އެ ރަށުން މި ދެ ދުވަހެއްގެ ތެރޭގައި އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ފުލުހުންގެ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ގެތައް ވެސް ބަލާ ފާސްކުރަމުންދާއިރު، ބައެއް ގެތަކުން އަންހެނުންނާއި ކުޑަ އަންހެން ކުދިން ގެއިން ނުނެރޭތާ އަހަރަކާއި ގާތްވަނީއެވެ. ވެކްސިން ނުދިނުމާއި، ސްކޫލަށް ނުފޮނުވުން ފަދަ އެތައް ކަމެއް ރަށުގައި އައި ޙިނގަމުންނެވެ. އަދި ބޮޑު ވަމުން އަންނަ ކުޑަކުއްޖާއަށް ދީފައި ވަނީ ވެސް ހަރުކަށި ވިސްނުންތަކެކެވެ. ރަށުގެ ހަރުކަަށި ފިކުރުގެ އާއިލާތައް ދިޔައީ އަންހެން ކުދިން ބޮޑެތި ފިރިހެނުނާއި ދިޔައީ ކައިވެނީގެ ނަމުގައި އެމީހުންނާއި ހަވާލު ކުރަމުންނެވެ. މި ހުރިހާ ކަމެއްވެސް ރަށުގެ މީހަކު ވަނީ ”ސަންގު“ އަށް ކަށަވަރުކޮށްދީފައެވެ. އަދި އެކަންތައް ހިނގަމުން އަންނަތާ އަހަރުތަކެއް ވެފައިވާކަން ވެސް އޭނާ ފާޙަގަކުރިއެވެ.

މައްސަލަ ފެންމަތިވުމާއި އެކު، ކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި ރަށުގެ ހާލަތުގެ ވާހަކަތައް ގެނެސްދިނީ މީޑިއާތަކުންނެވެ. އެހެން ނަމަވެސް، އެ ހުރިހާ ވާހަކައެއް ދޮގުކޮށް ކައުންސިލްގެ މެމްބަރު އަބްދުﷲ އަހުމަދު ވަނީ ބަޔާނެއް ނެރެފައެވެ. އޭނާ ބުނެފައިވާގޮތުންނަމަ މީޑިއާތަކުން ގެނެސްދެނީ ދޮގު ވާހަކަތަކެކެވެ. އެހެން ނަމަވެސް، ބަޔާން ނިންމާލިއިރުވެސް އެ ބުނާ ދޮގު މައުލޫމާތަކީ ކޮން ވާހަކަތަކެއްކަން ބަޔާންކޮށްފައި ނުވެއެވެ.

މިޑިއާ ރިޕޯޓުތައް ދޮގުކޮށް ބަޔާން ނެރެ އޭނާ ވަނީ މީގެ މަހެއް ހާ ދުވަސްކުރި ފެންމަތިވީ އެ ރަށު ހައްމާދުގެ ވާހަކަ ގެނައީ ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށް ބުނެފައެވެ. ނޫސްވެރިންގެ ސަބަބުން މީހުން މަޑުއްވަރީ އާއި ގުޅޭގޮތުން ދެކޭ ގޮތް ބަދަލުވެ އެއީ ބިރުވެރި ރަށަކަށް ވެފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

ނޫސްތަކުން ލިޔާ ހަބަރުތަކުގައި މަޑުއްވަރީއާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް ރަށު ކައުންސިލުން ވަނީ އިލްތިމާސްކޮށްފައިވެެއެވެ.

މަޑުއްވަރީގެ ހާލަތު، ބިރުގަންނަ ހިސާބަކަށް ގޮސްފައިވާއިރު ފުލުހުންވެސް ބުނެފައިވަނީ މަޑުއްވަރީގައި ދިރިއުޅޭ މީހުން ގަބޫލު ކުރާ ގޮތުން ކުޑަ ކުދިންނާއި ކައިވެނީގެ ބޭރުން އެހެން އަންހެނަކާއި ގިންސީ ގުޅުން ހިންގުމަކީ ހުއްދަ ކަމަކެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މަޑުއްވަރީ ގައި އެމީހުން ގަބޫލު ކުރާގޮތުން، އެ ވިސްނުން ނުގެންގުޅޭ ކޮންމެ މީހަކަށް ގެއްލުން ދެވޭނެއެވެ. އަދި ގާނޫނު އަސާސީގެ ދަށުން ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކަކީ އެއީ އެމީހުންނަށް ލިބިދޭ އެއްޗެސް ނޫން ގޮތުގައި ގަބޫލު ކުރާ ކަމަށެވެ. މަޑުއްވަރީގެ ގެތައް ބަލާ ފާސްކުރުމުގެ ތެރޭގައި އެމީހުން އަމިއްލައަށް ތައްޔާރުކޮށްގެން ގެންގުޅޭ ކައިވެނީގެ ސެޓްފިކެޓުކަމަށް ބުނާ ލިޔެކިޔުންތަކެއް ވަނީ ފެނިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: