ތަފާތު އެކި ފަހަރު މަތީން ނަސޭހަތް ދިނުމުންވެސް، ކުޑަ އަންހެން ކުއްޖަކު ސްކޫލަށް ފޮނުވުމަށް ދެކޮޅު ހެދި އާއިލާއެއްގެ އަތުން ކުއްޖާ ނަގާ، އެ ކުއްޖާގެ ބޮޑުދައިތައާއި ހަވާލުކޮށްފިއެވެ.
މަޑުއްވަރީގައި ފުޅާ ދާއިރާއެއްގައި ފެތުރެމުންދާ ހަރުކަށި ފިކުރު ހުއްޓުވުމަށްސަލާމަތީ ބާރުތަކުން ވަނީ މަޑުއްވަރީގައި ބޮޑު އޮޕަރޭޝަނެއް ހިންގައި ބައެއް މީހުންހައްޔަރުކޮށްފަ އެވެ.
ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރާ މީހުން ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް ފުލުހުންނާއި ސިފައިން ވަނީ އެ ރަށުގައި ހާއްސައޮޕަރޭޝަނެއް ފަށާފައެވެ. ހައްދުފަހަނަޅާފައިވާ ފިކުރުގެ މީހުން ގިނަކަމަށް ބުނާ އެ ރަށުން މި ދެ ދުވަހެއްގެ ތެރޭގައި އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
މައްޑުވަރީގައި ކުޑަ އަންހެން ކުއްޖަކު ކިޔަވަން ފޮނުވުމަށާއި ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާ އެއްގެ އަތުން އެ ކުއްޖާ ނަގާފައިވާކަން ހާމަކޮށްފައިވަނީ ފުލުހުންނެވެ.
ހަރުކަށި ވސްނުމަށް ތާއީދު ކުރާ މީހުން މައްޑުވަރީގައި އުޅޭކަމަށް ތުހުމަތު ކުރެވި މި މަހުގެ 18 ގައި ފެށި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ މިހާތަނަށް އެ ރަށުން 7 ގެއަކާއި 1 ދޯނި ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ ވިސްނުން ފަތުރަމުން ގެންދާ ކަމުގެ ތުހުމަތުގެ 3 މީހަކުހައްޔަރުކޮށްފައިވާ ކަމަށެވެ.
އޮޕަރޭަޝަންގެ ތެރެއިން ކުއްޖާއަށް ވެކްސިން ދީފައި ނުވާތީ ނަސޭހަތް ދިނުމުން، އާއިލާއަކުން، 3 ކުއްޖަކަށް ވެކްސިން ދިނުމަށް އިއްޔެ އެއްބަސްވިއެވެ.
ފުލުހުންގެ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ގެތައް ވެސް ބަލާ ފާސްކުރަމުންދާއިރު، ބައެއް ގެތަކުން އަންހެނުންނާއި ކުޑަ އަންހެން ކުދިން ގެއިން ނުނެރޭތާއަހަރަކާއި ގާތްވަނީއެވެ. ވެކްސިން ނުދިނުމާއި، ސްކޫލަށް ނުފޮނުވުން ފަދަ އެތައް ކަމެއް ރަށުގައި އައި ހިނގަމުންނެވެ.

