ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިކެއަރ ނަޔާ ރޯދަ ހަދިޔާ: 30 އިންސައްތަ ޑިސްކައުންޓްގެ އިތުރުން 4 މީހުންގެ ލަންކާ ދަތުރެއް ހޯދުމުގެ ފުރުސަތު!

އައިކެއަރ ނަޔާ ރޯދަ ހަދިޔާ: 30 އިންސައްތަ ޑިސްކައުންޓްގެ އިތުރުން 4 މީހުންގެ ލަންކާ ދަތުރެއް ހޯދުމުގެ ފުރުސަތު/ ފޮޓޯ: އައިކެއަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހަށް ހާއްސަކޮށްގެން ”ނަޔާ ރޯދަ ހަދިޔާ 2026“ ނަމުގައި އައިކެއަރ އޮޕްޓިކަލްސްއިން ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ބޮޑެތި ޑިސްކައުންޓްތަކަކާއެކު އަގުހުރި އާއިލާ އާއި އެކު ނުވަތަ ރައްޓެހިންނާއެކު އަގުހުރު ތަޖުރިބާއެއް ކޮށްލުމުގެ ފުރުސަތެއް ފަހިކޮށްދިނުމަށް ރޭވިފައިވާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގެ އެންމެ ފާހަގަކޮށްލެވޭ އިނާމަކީ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ލިބޭ ސްރީލަންކާގެ 4 ރޭގެ އާއިލީ ދަތުރެވެ.

ހަތަރު މީހުންގެ އާއިލާއަކަށް ދެވޭ މި ދަތުރުގެ ތެރޭގައި ހިމެނެނީ:
  • ދެކޮޅު ފްލައިޓް ޓިކެޓް
  • ހުރުމުގެ އިންތިޒާމް
  • ފުލް ބޯޑު މީލްސް (3 އިރު ގެ ކެއުން)
  • ލަންކާގެ މަޝްހޫރު ތިން މަންޒިލް ކަމަށްވާ ކެންޑީ، ނުވަރައެލިޔާ އަދި އެލާ ބަލާލުމުގެ ފުރުސަތު

ޕްރޮމޯޝަންގެ މައުލޫމާތު ދެމުން އައިކެއާރ އިން ބުނީ މި ހާއްސަ ގުރުއަތުގައި ބައިވެރި ވެވޭނީ އައިކެއަރގެ އައުޓްލެޓްތަކުން އެއްފަހަރާ 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށް ކަމަށެވެ. އަދި ބުނެފައި ވަނީ ޕްރޮމޯޝަންގެ މުއްދަތު ހަމަވުމުން ނަސީބުވެރި ފަރާތް ހޮވައި، އައިކެއަރގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އިއުލާން ކުރެވޭނެ ކަމަށެވެ.

”ނަޔާ ރޯދަ ހަދިޔާ 2026“ ޕްރޮމޯޝަން މުއްދަތުގައި އައިކެއަރއިން ހޮވާލެވިފައިވާ ވަކި ބްރޭންޑްތަކެއްގެ ފްރޭމް އަދި އަވިއައިނުން 30 އިންސައްތައިގެ ބޮޑު ޑިސްކައުންޓެއް ލިބިގެން ދާނެ އެވެ.

މީގެ އިތުރުން، ޝަރުތުހަމަވާ ވިޔަފާރިތަކަށް 500 ރުފިޔާގެ ގިފްޓް ވައުޗަރެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 18 ފެބުރުވަރީން ފެށިގެން 26 މާރިޗު 2026 ގެ ނިޔަލަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އައިކެއަރ އޮޕްޓިކަލްސްގެ ހުރިހާ ފިހާރަތަކަކުންވެސް މިހާރު މި ޕްރޮމޯޝަންގެ ފައިދާ ލިބިގަނެވޭނެއެވެ.

އައިކެއާރ ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގެ މައުލޫމާތުތައް ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލިބިގެންދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: