ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބުން 80 ފަސެންޓު ޕީއެންސީއަށް ކާމިޔާބު ވާނެ: އާދަމް ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށްި އޮތް ކައުންސިލް އިންތިހާބުން 80 ފަސެންޓު ކާމިޔާބު ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ޕޯކްސް، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެެ.

ޕީއެންސީގެ މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ލޯންޗިންގ އިވެންޓު ފައްޓަވައި ދެއްވައި މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، ޕީއެންސީގެ މި ކެމްޕެއިން ހަރަކާތްތަކުގައި އަންހެން ބޭފުޅުން ވަރަށް ބޮޑަށް ބައިވެރިވާ ކަމަށެވެ. މިއީ ޕާޓީން އަންހެން ބޭފުޅުން ކުރިއަރުވަން ކުރާ މަސައްކަތް ކަމަށާއި، މި ސަރުކާރަކީވެސް އަންހެނުން ކުރިއަރުވާނެ ސަރުކާރެއް ކަމަށެވެ.

އެގޮތުން މިނިސްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަން ފާހަގަކުރައްވާފައެވެ. އަދި ސާޖިދާގެ ފަހަތްޕުޅުގައި ވަރުދަދަ ޓީމެއްވެސް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުިއެވެ.

މިނިސްޓަރ ވަނީ ރައީސް ދާދި ފަހުން ޕީއެންސީގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ދޮރުން ދޮރަށ ހިންގެވުމުގެ ހަރަކާތް ފައްޓަވާފައިވާ ކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނަކީ ޕާޓީގެ ރޫހު ކަމަށާއި ޕާޓީގެ ކަންކަން ކުރިއެރުވުމުގައި އެންމު މުހިންމު ރޯލެއް އަދާކުރައްވަނީ އެމަނިކުފާނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތީ ވަރަށް މުހިންމު އިންތިހާބެއް ކަމަށާއި އެގޮތުން އެ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށެވެ. އެގޮތުން ކައުންސިލް އިންތިހާބު 80 ޕަސެންޓުން ނަގާނީ ޕީއެންސީ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އާދަމް ޝަރީފް ވިދާޅުވީ މިހާރުވެސް އިންތިހާބަކާއި ނުލާ ގަތްގަނޑަކަށް 7 ޕަސެންޓު ލިބިފައިފައިވާ ކަމަށެވެ. މި އަންނަ އިންތިހާބަކީ ޕީއެންސީގެ އިންތިހާބަކަށް ހަދަން ޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅޫވިއެވެ.

މިނިސްޓަރ އާދަމް ޝަރީފް ވަނީ ސަރުކާރުން މިވަގުތު މާލެ ސަރަހައްދަށް ގެންނަ ބައެއް ބަދަލުތަކުގެ ވާހަކަވެސް ފާހަގަކުރައްވާފައެވެ. އެގޮތުން މާލޭ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ފާހަގަކުރައްވާ، މާލޭގެ ހާލަތު ބަދަލުކުރުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވިކަން ފާހަގަ ކުރެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސް ކޮޅުގެ ތެރޭގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް އިތުރު ކުރަން ޖެހޭ ކަމަށެވެ. އަދި ރައީސް ވިދާޅުވެފައިވާގޮތަށް ރީތި އުސޫލުތަކުގެ މަތިން ކެމްޕެއިންކޮށް އިންތިހާބު ކާމިޔާބުކުރަން ޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: