ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއި ދެކޮޅު ކައުންސިލެއް ބޭނުމެއް ނޫން، އެމްޑީޕީ މިހާރު ވެސް އެތައް މަޝްރޫއެއް ވަނީ ހުއްޓުވާފައި: ފަލާހު

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް ހުރިހާ ކައުންސިލަކުން ވެސް، އެ ރަށްތަކުގެ ތަރައްގީގެ މަސައްކަތްތަކަށް ހުރަސްއަޅައި ސަރުކާރަށް އުނދަގޫ ކުރަމުންދާކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރ އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވީ، ޕީއެންސީން ކުރިޔަށް ގެންދިޔަ މާފަންނުގެ ކެމްޕެއިން އިފްތިތާހު ކުރުން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ބައެއް ރަށްތަކުގައި ސަރުކާރުން ކުރިޔަށް ގެންދިއުމަށް އިއުލާނު ކުރި ޕްރޮޖެކްޓުތައް ކުރިޔަށް ގެންދިއުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، އިދިކޮޅު ކައުންސިލްތަކުން އެކަމަށް ހުރަސް އަޅަމުން ދިއުންކަމަށް އެންމެ ފުުރަތަމަ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ފަލާހު ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ރަށްރަށުގެ ކައުންސިލްތަކުން ސަރުކާރުން ހިންގާ ތަރައްގީގެ އެތައް މަޝްރޫއުއަކަށް ގަސްތުގައި ހުރަސްއަޅަމުން ގެންދާކަމަށެވެ.

ފަލާހު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ކައުންސިލްތައް އޮތް ރަށްރަށުގައި މިސްކިތްތަކާއި، ސްކޫލްތަކާއި، ފުޓްބޯޅަ ދަނޑުތައް ފަދަ ތަންތަން އެޅުމަށް ބިން ދޫކުރުމަށް ވެސް އެފަދަ ކައުންސިލްތަކުން ދަނީ ދެކޮޅު ހަދައި، އިންކާރު ކުރަމުންނެވެ. އަދި ތަރައްގީގެ މަސައްކަތްތަކަށް ބޭނުންވާ ސާމާނު ބަނދަރަށް ބޭލުވުމަށް ވެސް އެކި ބަހަނާތައް ދައްކައި ހުރަސްއަޅަމުންދާކަމަށް ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ބައެއް ބޯޓު ފަހަރުތައް ބަނދަރު ކައިރި ނުވެވޭނެކަމަށް ބުނަނީ، ދިޔަވަރު ހިކޭ ގަޑިތައްކަމަށް ބުނެ ކަމަށެވެ. ނުވަތަ ވަކި ގަޑިތަކެއްގައި މަސައްކަތް ކުރުމުން ރައްޔިތުންނަށް އޭގެ އުނދަގޫތައް ދިިމާވާނެކަމަށް ބުނެ އެންގުންތައް ފޮނުވާކަމަށެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީއަކީ ފަނާކުރަނިވި ވިސްނުމެއްކަން ހުރިހާ ރައްޔިތުން ވެސް ގަބޫލު ކުރާކަމަށާއި، ރައްޔިތުންނަށް މަންފާ ހުރި، ފައިދާވާން ހުރި ކަންކަމުގައި ހުރަސްއަޅާނީ ރައްޔިތުންނަށް ހެވެއް ނޭދޭތީ ކަމަށެވެ. އޭގެ ބަދަލުގައި ފަލާހު ޕީއެންސީ ފާހަގަކުރެއްވީ، ބިނާކުރަނިވި ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތުގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ގައުމުގެ އިގްތިސިދު އޮތް ހާލަތާއި ގުޅޭގޮތުން ފަލާހު ވިދާޅުވީ، އޭގެ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް ދެ އަހަރުގެ ތެރޭގައި މި ސަރުކާރުން ކުރި މަސައްކަތުން އެ އަދަދު އެއް ބިލިއަން ޑޮލަރަށް އުފުލިފައިވާކަމަށް ސައީދު ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަމާއި، ދާއިރާގެ އެހެން ގޮނޑިތައް ކާމިޔާބުކޮށް މެޖޯރިޓީ ލިބުން މުހިންމުކަން ފަލާހު ފާހަގަކުރެއްވި އެވެ. އެގޮތުން ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލަކީ ހިންގުންތެރި މުރާލި ބޭފުޅެއްކަން ފަލާހު ފާހަގަކުރެއްވި އެވެ،. އަދި ވިދާޅުވީ މާލޭގެ ތަރައްގީއަށް ބޭނުންވާ ހުރިހާ މަސައްކަތެއް ވެސް ފުރިހަމަ ގޮތުގައި ކުރެވޭނީ، ކަމަށް ގާބިލު ބޭފުޅަކު މާލޭގެ މޭޔަރުކަމަށް އިންތިހާބުކޮށްގެން ކަމަށެވެ.

ފަލާހު ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއަޅައި، ދެކޮޅު ހަދާނެ ކައުންސިލެއް ބޭނުން ނުވާކަމަށެވެ. އަދި އިދިކޮޅުން ސަރުކާރަށް އުދަނގޫ ކުރުމަށް ކިތަންމެ މަސައްކަތްތަކެއް ކުރި ނަމަވެސް، ސަރުކާރުގެ ކާމިޔާބީއަށް އެއްވެސް ހުރަހެއް ނޭޅޭނެކަމަށް ފަލާހު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: