1000 ރުފިޔާއިން މަތީގެ ވިޔަފާރިކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަންއެއް އެސްޖޭ މޯލްއިން ފަށައިފި އެވެ.
ރޯދަ މަހަށް ހާއްސަކޮށްގެން އެސްޖޭ މޯލްއިން ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ކުރައްވާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.
ޖުލައި މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން، ކޮންމެ ކަސްޓަމަރަކަށް ވެސް ކާރެއް ހޯދުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
އެސްޖޭގެ ފިހާރައިން ލިބެން ހުރި ސާމާނުތަކުގެ ތެރޭގައި، ބަދިގެއަށް ބޭނުންވާނެ ގިނަ ތަކެތި ހިމެނެ އެވެ. އެގޮތުން މިކްސާ، ހޭންޑް ބްލެންޑަރ، ކޭކް ހޭންޑް މިކްސާރ، އެއާފްރައިއާރ، ކޮފީ ގްރިންޑާރ، އަދި ޕްރެޝަރ ކުކާގެ އިތުރުން ރައިސް ކުކާ އަދި ސްޓޭންޑް ބްލެންޑާރ ހިމެނެ އެވެ.
މީގެއިތުރުން ތެލި، ސަމްސާ، އަދި ތަށި ސެޓުތައް ހިމެނެ އެވެ. އަދި ސްޓީމާއާއި، ހެންޑެލްޑް ސްޓީމާ އަދި ޕޯޓަބަލް ގޭސް ސްޓޯވް ހެޔޮ އަގެއްގައި ލިބެން ހުރިކަން ފާހަގަކުރެވެ އެވެ.
ފިހާރައިން ޕޮޓް މެޓާއި، ކިޗެން ވެއާ ސެޓް އަދި އެކި ސައިޒްތަކުގެ ބާސްކެޓްތަކާއި ކޮންޓެއިނާ ލިބެން ހުންނާނެ އެވެ.
އެސްޖޭ މޯލް ހުންނަނީ ހުޅުމާލޭގެ، ބޯގަންވިލާ މަގުގަ އެވެ. އެސްޖޭ މޯލްގައި ކާބޯތަކެތީގެ ހުރިހާ ބާވަތްތަކާއި، ރީތިވާ ހުރިހާ ސާމާނެއް ވެސް ލިބެން ހުންނާނެ އެވެ.

