ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްމާދުއަށް ހަމަލާދިން އާސިފްއަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެއްކަމަށް ބުނެ، އެކަން ބަލަނީ!

ހައްމާދުއަށް ހަމަލާ ދިން އާސިފްއަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހެއްކަމަށް ބުނުން
ޝެއާރކޮށްލާ ކަހަލަދޯ؟

ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިސްމާއިލް އާސިފްއަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށް ބުނެފައިވާތީ އެކަން ބެލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އއ. މާޅޮސް ބޭރުގައި އޮތް ”ޖަރީ“ ނަމަކަށް ކިޔާ ލަނޑާ ދޯންޏެއްގެ ތެރޭގައި ދެމީހެއްގެ ދެމެދު ހަމަނުޖެހުން ހިންގައި މީހަކު ޒަހަމްކޮށްލާފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭއެވެ. ދެމީހެއްގެ ދެމެދު އުފެދުނު ދީނީ ހިޔާލުތަފާތުވުމެއްގެ ސަބަބުން، ހަމަލާދިން މީހުން ނިސްބަތް ވަނީ ދީނީ ހަރުކަށި ވިސްނުން އިތުރުވަމުން އަންނަ ކަމަށް ތުހުމަތުވާ ރ. މަޑުއްވަރީއަށެވެ.

ދޯނީގައި ހިނގައިދިޔަ ދެ ބަސްވުމެއްގެ ތެރެއިން، ހައްމާދު މަރާލުމަށް ހަމަލާދިން އޭނާގެ އެކުވެރިންނަކީ ދީނީގޮތުން ހަރުކަށި ފިކުރުގެ ވިސްނުމުގެ ތެރެއިން ވައްކަންކޮށް، އެއީ ”އަނީމާ މުދާ“ ގެ ގޮތުގައި ގަބޫލު ކުރާ މީހުންނެވެ. ލަނޑާ ނަގަން ނިކުމެ އުޅެ، ހިނގައިދިޔަ އެ ހަމަނުޖެހުމަކީވެސް ވައްކަމެއް ފަޅާއަރާ އެކަމުގެ ޒިންމާ އެކަކު ނަގަންޖެހި، ހައްމާދު އެކަމާއި ހަވާލުވުމަށް ބުނުމުން އޭނާ އެކަމަށް އިންކާރު ކުރުމުންނެވެ. އެ ހަމަނުޖެހުމުގެ ތެރެއިން ހައްމާދުއަށް ވަޅިން ހަމަލާދީ ކަންޑަށް ވައްޓާލީއެވެ.

ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދު

މައްސަލައިގައި ހައްމާދުއަށް ހަމަލާދިން، އާސިފް ހައްޔަރުކޮށް އޭނާގެ މުއްދަތު ޖެހިއެވެ. އަދި އާސިފްގެ ބަންދު މުއްދަތު ހަމަވުމުން އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާދީފައެވެ. ހައްމާދުއަށް މުއްދަތު ޖެހުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރާ ކަމަށެވެ.

އާސިފްގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތެވެ. އޭނާ ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރުގައި ވަނީ ޖިނާއީ އިޖުރާތު ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ރިޔާއަތްކޮށް އާސިފްގެ ސަބަބުން މުޖްތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރާ ކަމަށެވެ.

އާސިފްއަކީ، ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެއްކަމަށް މީގެ ކުރިން ވާހަކައެއް ނުދެކެވެއެވެ. އެހެން ނަމަވެސް، އެވާހަކަ ޝަރީއަތުގައި ދެކެވު ކްރިމިނަލް ކޯޓުން ވަނީ އެކަން ބެލުމަށް ބުނެފައެވެ. އަދި އާސިފް ނަފްސާނީ ޑޮކްޓަރަކަށް ދައްކާ، އެހީތެރިކަން ހޯދުމަށް ވެސް ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެކުރިން ވިދާޅުވެފައި ވަނީ، ހައްމާދަށް ހަަމާލާ ދިން ކަމަށް މުއްދަތު މަޖިލީހެއްގައި އާސިފް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި ހައްމާދަށް ހަމަލާ ދިން ވަޅިވެސް ކަނޑުން ނަގާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. ފުލުހުން ބުނެފައިވާގޮތުން އްމާދަށް ހަމާލާ ދިން ވަގުތު ދޯނީގައި ހައްމާދާއެކު އިތުރު ދެމީހަކު ތިބި ކަމަށެވެ. ހައްމާދަށް ހަމާލާ ދިނީ އިސްމާއިލް އާސިފް ކަމަށާއި އަނެއް މީހާ އޮތީ ނިދާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހައްމާދު މިހާރު ހުރި ކުޑަ ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ކުށުގެ ތުހުމަތުގައި ބަންދުގައެވެ. އްމާދުއަކީ 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ކޯޓުން ބޭރުން އޭނާ ގަބޫލު ކުރާ އުސޫލާއި އެއްގޮތަށް ކައިވެނިކޮށްގެން ހުންނަ މީހެކެވެ. އަދި އެ ކުއްޖާ ބަނޑުބޮޑުވެ މިހާރު ވަނީ ވިހާފައެވެ.

އެއަށްފަހު، ހައްމާދުއާއި އެ ކުއްޖާއާއި ކައިވެނި ކުރުވީ އެ ކުއްޖާގެ އުމުރުން 12 އަހަރުގައެވެ. އެއީ މިދިޔަ އަހަރެވެ. މިހާރު އެ ބުނާ ކައިވެންޏަކަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މައްސަލައިގައި ޖެންޑާއާއި ފުލުހުން ގުޅިގެން ނެރުނު ބަޔާނުގައި ވާގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސްއަށް އެ އާއިލާއާއި ބެހޭ މައުލޫމާތު ލިބުނެވެ. އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތަޢުލީމާއި ސިއްޙީ ހައްޤުތަކުން މަހުރޫމުކޮށްފައިވާ ކަމުގެ މަޢުލޫމާތު މިދިޔަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ވަނަ ދުވަހު ލިބުނުކަމަށް ފުލުހުން ބުނެއެވެ. އެހެން ނަމަވެސް، ޖޫން މަހަކީ ކޯޓުން ބޭރުން ހައްމާދު ކުއްޖާއާއި ކައިވެނި ކުރި މަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: