ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމައިގައި ހާލުގައި ޖެހުނު މީހުން: އެ މީހުން ރާއްޖެ ގެނައުމަށް ފުލުހުންގެ ޓީމެއް ސީރިޔާއަކަށް ނުދޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވެފައިވާ ދިވެހިން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތަށާއި، އެމީހުންގެ ހާލު ބެލުމަށް ފުލުހުންގެ ޓީމެއް ސީރިޔާގެ ޓެންޓުތަކުގައި ދިވެހިންނާއި އެކު ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ހަބަރު ފުލުހުން ދޮގުކޮށްފިއެވެ.

ދިފާއީ ބާރުން ޓީމަކާއި ފުލުހުންގެ ޓީމެއް ސީރިއާގައި ހަރަކާތްތެރިވާކަމަށް ބުނެ ރާއްޖޭގެ މީޑިއާއަކުން ވަނީ ހަބަރު ގެނެސްދީފައެވެ. އެ ހަބަރުގައި ރިޕޯޓުކޮށްފައިވަނީ ޓީމެއް ސީރިޔާއަށް ގޮސްފައިވަނީ ހަނގުރާމައަށް ގޮސް އެ ގައުމުގައި އުޅޭ މީހުންގެ ތެރެއިން އެއްވެސް ބަޔަކު ރާއްޖެއައުމަށް ބޭނުންވޭތޯ ބެލުމަށް ކަމަށެވެ.

އެހެން ނަމަވެސް، އެ ހަބަރު ދޮގުކޮށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ޓީމެއް އެއްވެސް އިރެއްގައި ސީރިޔާގައި ހަރަކާތްތެެރި ވެފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ނިންމުންތަކާއި އެކު، އެ ގައުމުގައި ހާލުގައި ޖެހި ރާއްޖެއަށް އަންނަން ބޭނުންވާ މީހުން އަނބުރާ ރާއްޖެ ގެނައުމަށް ކަމާއި ބެހޭ އިދާރާތްތަކާއި އެކު ބަލަމުން ދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސީރިޔާއަށް މިއީ ފިނި މޫސުން، ހާލުގައި ޖެހިފައިވާކަމަށް ދިވެހިން ދަނީ ބުނަމުން

ސިރިޔާގައި ހިނގާ ހަނގުރާމަތަކަށް ގޮސް އެ ގައުމުގެ ރެފިއުޖީ ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ތިބި ދިވެހިން މިވަގުތު ވަރަށް ހާލުގައި ޖެހިފައިވާކަމަށް ސީރިޔާގައި ތިބި ދިވެހިން ވަނީ ބުނެފައެވެ. ނަން ހާމަނުކުރުމަށް ޝަރުތުކޮށް ސީރިޔާގެ އަލްހޯލް ކޭމްޕްގައި ދިރިއުޅެމުންދާ އަންހެނަކު ވަނީ އެ މީހުންގެ އުދާސްތައް މި ދުވަސްވަރަކީ ސީރިޔާއަށް ފިނި މޫސުން ކަމުން، ވާރޭ ވެހި ފެންބޮޑުވެ، ޓެންޓްތައް ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށް ބުނެފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ޓެންޓުތަކުގެ އެތެރެއަށް ފެންވަދެ ބައެއް ދިވެހިން އުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށްވެސް އޭނާ ކިޔައިދިނެވެ.

ސީރިއާގައި މިވަގުތު ތިބި މީހުން ދެ މަސް ދުވަސް ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ 19 ސެޕްޓެމްބަރު ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ. އަދި އެ ފަރާތްތައް ރާއްޖެ ގެނެސް އަނބުރާ މުޖުތަމައު ނެރުމުގެ ކުރިން، އެމީހުން ބައިތިއްބާނެ ތަނެއް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެ ދުވަހު ރައީސް ވިދާޅުވިއެވެ

ދާދި ފަހުން ފުލުހުން ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމުގެ ހަނގުރާމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ދާން 423 ދިވެއްސަކު މަސައްކަތްކުރިއެވެ. އެހެން ނަމަވެސް، އެ މީހުންގެ ތެރެއިން ސީރިއާއަށް އެތެރެވެވުނީ 173 ދިވެހިން ކަމަށް ދައްކާ ކަމަށެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުން މިހާރު ސީރިއާގައި ތިބީ 59 ދިވެހިންނެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންކަން ވެސް ފުލުހުން ފާހަގަކުރެއެވެ. ފުލުހުން ބުނެފައިވަނީ ނަމަވެސް ރާއްޖެ ގެނެވޭ ހާލަތުގައި މިހާރު ތިބީ ހަތަރު ފިރިހެނުން ކަމަށެވެ. އަދި ހަނގުރާމައަށް ދިޔަ އެތައް ބަޔަކު މިހާރު މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސީރިއާގައި ތިބި މީހުން ރާއްޖެ ގެނައުމުގެ އުސޫލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސެޕްޓެމްބަރު މަހު ރައީސް ސޯލިހް ވިދާޅުވީ އެ މީހުން ރާއްގެ ގެނައުމަށް ކޭމްޕުތަކުން މަހެއް ހާ ދުވަހުގެ ތެރޭގައި ނެރޭނެ ކަމަށެވެ. އަދި އެއަށްފަހު އެމީހުން ގެންދާނީ އެހެން ގައުމަކަށް ކަމަށާއި، އެއަށްފަހު ސަރުކާރުން އެކަން ބަލާ ކުރިޔަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހަނގުރާމައަށް ގޮސްތިބި ބައެއް ދިވެހިން އަނބުރާ ގެނެސްދިނުމަށް އެމީހުންގެ އާއިލާތަކުން އެދެމުންދާކަމަށް ސަރުކާރުން މިއަހަރު ކުރީކޮޅު ބުނެފައިވެއެވެ. ނަމަވެސް، ހާއްސަކޮށް ހަނގުރާމައިގެ ތެރެއަށް ވިހައި، މައުސޫމް ކުދިންގެ ރައްޔިތުކަން ކަށަވަރު ކުރުމަށް ސަރުކާރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށް ނޭޝަނަލް ކައުންޓޭ ޓެރަރިޒަމްއިން ވަނީ ބުނެފައެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: