ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަސްޕެންޑްކުރި އިލްމުވެރިންނަށް ހުއްދަ ދޭނީ އިސްލާހުވާ މިންވަރަށް ބަލާފަ: އިސްލާމިކް މިނިސްޓަރ

ޝެއާރކޮށްލާ ކަހަލަދޯ؟

ވަގުތީ ގޮތުން ދަރުސް ދިނުން ހުއްޓުވާފައި ރާއްޖޭގެ ތިން ދީނީ އިލްމުވެރިންނަށް އަލުން އެ ހުއްދަ ދޭނީ، އެމީހުންގެ ހުއްދަ ބާތިލް ކުރަން މެދުވެރިވި ކަންކަން އިސްލާހުކުރާ މިންވަރު ދެނެގަތުމަށްފަހު އިސްލާހުކޮށްފިނަމަ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްތީގަތުމެއްގައެވެ. ދީނީ އެއްބައިވަންތަކަން ހިމާޔާތް ކުރުމުގެ ގަވާއިދުގެ ދަށުން ތިން މީހަކަށް ދިވެހި ރާއްޖޭގައި ދީނީ ތަގްރީރް ކުރުމާއި ވަޢުޡު ބުނުމަށް އެ މިނިސްްޓްރީން ދީފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފައި ވަނީ އަބްދުއްރަހީމް މުހައްމަދުު، މަނަދޫގެ. ނ. ޅޮހި، އާއި ޖައުފަރު ފާއިޒު، ދެކުނުގެ، ސ. މީދޫގެ އިތުރުން، މުހައްމަދު ހަސަން، ރެޑްސީ، ގދ. ތިނަދޫ އެވެ.

ޑރ.ޒާހިރު ވަނީ، ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމާއި ދެކޮޅަށް ހުރިހާ ޢިލްމުވެރިންވެސް މަސައްކަތްކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އެ މަސައްކަތުގެ ތެރެއިން ދީނީ އިލްމުވެރިންގެ މެދުގައި އުފެދިގެން އުޅޭ ހިޔާލު ތަފާތުވުންތައް ހައްލުކުރުމަށް މަޝްވަރާކުރުމަށް ދީނީ އިލްމުވެރިންނާއެކު އެއްމޭޒެއްގެ ދަށަށް ގެނައުމުގެ މަސައްކަތްކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މާލަސްތަކެއް ނުވެ އެކަމަށް ހައްލެއް ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: