ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްއަށް ހަމަލާދިނީ މަރާލާކަށް ނޫން، ފޭރެން ވެގެން!

ގާސިމް މަރާލާފައި އޮއްވާ ފެނުނު ސަރަހައްދު، އޭނާގެ ކާރު އޮތީ މަގުމަތީގައި އޮތް ޕެލެޓަކަށް އަރާފައި --- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހުމުކުޑަގޮތަކަށް މަރާލާފައިވާ ޓެކްސީ ޑުރައިވަރު ޤާސިމް ހަސަން މަރާލާފައިވަނީ ފޭރެން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ގާސިމް މަރާލި ކަމަށް ޅ. ހިންނަވަރު ބޮޑުހިޔާގެ އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދު އިއުތިރާފްވެފައިވާއިރު އޭނާ ގާސިމް މަރާލާފައިވަނީ ފޭރެން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން އެކަން ހާމަކޮށްފައިވަނީ ގާސިމްގެ މަރުގެ މައްސަލަައިގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައެވެ.

އެ ނުސްވެރިންގެ ބައްދަލުވުމުގައި ސްޕްރީޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އަދުހަމްއަކީ ވައްކަމާއި ަމސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެއްކަމަށާއި ގާސިމް މަރާލާފައިވާ މައްސަލައިގެ ތަހުގީގަށް އޭނާ ހައްޔަރުކޮށްފައިވަނީ އެކި ގޮތްގޮތުން ލިބިފައިވާ މައުލޫމާތުގެ ކޮޅާ ހިސާބަށް ގޮސް ކަމަށެވެ.

“ އެހުރިހާ މައުލޫމާތުތަށް ކަށަވަރުކޮށް ބެލިބެލުމުގައި މިހާދިސާއަކީ ސީދާ ގާސިމް ހަސަންއަށް ޓާގެޓު ކުރެވިގެން ހިންގާފައިވާ ހާދިސާއެއް ކަމަށް ބެލުމުގެ ފުރުސަތު ހަނިވެފައި ވުމާއެކުގައި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަށް ހޯދުމަށްޓަކައި ފޭރުމާއި މަސްތުވާތަކެއްޗާއި އަނިޔާވެރި ކުށުގެ ރިކޯޑު އޮންނަ ފަރާތްތަކަށް ފޯކަސް ކުރެވިގެން ކުރެވުނު ހާއްސަ މަސައްކަތްތެރެއިން. ގާސިމް ދުއްވަން އިން ކާރުން އަދުހަމްގެ މައްޗަށް ލިބިފައިވާ ފޮރެންސިކް ހެކީގެ އަލީގައި ގާސިމްގެ މަރާއި ގުޅުވާ އޭނާގެ މައްޗަށް ހެއްކާއި ގަރީނާ ލިބުނު ހިސާބުން އޭނާ ހައްޔަރުކުރެވިފައިވަނީ ”

އަދުހަމް ހައްޔަރުކުރުމުން އެ ހާދިސާ އޭނާ ފުލުހުންނަށް ކިޔައިދީ ތަހުގީގަސް އެއްބާރުލުނމް ދީފައިވުާކަން ފުލުހުން ފާހަގަކުރިއެވެ.  އެގޮތުން ގާސިމްއަށް ހަމަލާދިނީ މަރާލަން ނޫން ކަމަށާއި އޭނާ މަސައްކަތް ކުރީ ގާސިމްއަށް ބިރުދައްކައިގެން އޭނާ އަތުން ފޭރެން ކަމަށް ވިދާޅުވިއެވެ.

“ އެގޮތުން އޭނާ މަސައްކަތް ކުރީ ވަޅިން ބިރުދައްކައި އޭނާާގެ އަތުން ފޭރެން ކަަމާއި އެހެން ނަމަވެސް އޭނާގެ ކަރުގައި އެއް އަތުން ހިފާ އަނެއް އަތުން ވަޅިން ބިރުދެއްކުމުން ގާސިމް ހަސަން ވަޅީގައި ދެ އަތުން ހިފުމުން، ވަޅި ދަމައިގެންފައިވާކަމާއި، އަދި އެއަށްފަހު ގާސިމް ހަސަން ހަޅޭލަވާ ގަނެ ކާރުގެ ދޮރު ހުޅުވުމުން ބިރުން ވަޅިން އޭނާގެ ކަރަށް ހަމަލާދިން ކަމަށް. އެހެން ނަމަވެސް އެކަން ކުރީ އޭނާ މަރާލަން ނޫން ކަމަށް، އޭނާ ހަޅޭލަވަން ފެށުމުން އޭނާ ހުއްޓުވުމަށް ކަމަށް ވަނީ ބުނެފަ ”

ގާސިމް މަރާލިއިރު އަދުހަމް ލައިގެން ހުރި ގަމީހާއި ޖިންސާއި، ގާސިމް މަރާލުމަށްފަހު ބަދަލުކުރި އަންނައުނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަހުލީލުކުރުމަށް ނަގާފައިވާކަން ފާހަގަކުރިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުންގެ ސަބްއިންސްޕެކްޓަރ ސާމިހު މުހައްމަދު ވިދާޅުވީ ގާސިމްއަށް ހަމަލާދިފައިވަނީ ޓާގެޓް ކުރެވިގެން ނޫން ކަަމަށް ވިދާޅުވެފައެވެ. އެގޮތުން ގާސިމް މަރާލި ރޭ އަދުހަމް އިތުރު 3 މީހަކަށް އެއާޕޯޓު ފަޅިންވެސް ޓާގެތް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއާޕޯޓު ފަޅީގައި ސެކިއުރިޓީ ހަރަކާތްތެރިވާތީ އެކަން ނާކާމިޔާބުވެފައިވާ ކަމަށާއި ގާސިމް އަކީ އޭނާގެ ފަހުގެ ޓާގެޓް ކަމަށް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: