ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރުވުން އެއީ ފަތުރުވެރިކަމަށް ލިބޭ ކުރިއެރުމެއް“

ޓުއަރިޒަމް މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދު ވާހަކަދައްކަވަނީ --- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ހައި ސީޒަނާ ދިމާކޮށް އެމްއެންޑީއެފްއިން އެލާޓު މަތިކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބި ފަތުރުވެރިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި ”ޔެލޯ 2“ އަށް ވަނީ ބަދަލުކޮށް އެމްއެންޑީއެފްއިން ވަނީ އެކަން އާއްމުކޮށް އިއުލާނުކޮށްފައެވެ. ލެވެލް މަތި ކުރުމަށްފަހު، އެމްއެންޑީއެފް ތަރުޖަމާނު ވިދާޅުވީ އެލާޓް ނެރެނީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާން ކަމަށް ބުރޫއަ އަރާ ފަދަ ކަމަކާ ކުރިމަތާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުން ކަމަށެވެ. އެހެން ނަމަވެސް، އޭގެ ފަހުން ފަހުން ސިފައިން ބުނެފައިވަނީ އެލާޓް ލެވަލް މަތިކުރީ ވަކި ނުރައްކަލެއް އޮވެގެން ނޫން ކަމަށާއި އެއީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

އެލާޓާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ އަސަރު ކުރާނެ ކަމަށް ބުނެ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ އަލީ ވަހީދު ވިދާޅުވީ ސަލާމަތީ ކަންކަން ބޭނުންވާނީ ކަމެއް ދިމާވީމާ ނޫން ކަމަށާއި އެމްއެންޑީއެފްގެ އެލާޓަކީ ފަތުރުވެރިކަމުގެ ސިނާއަތަށް މި ދުވަސްވަރު ބޭނުންވާ އެލާޓެއް ކަމަށެވެ. އޭނާ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަށް ޕްރޮޓެކްޝަންއެއް ބޭނުންވާ ކަމަށެވެ.

“ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންނާ ވަރަށް ކައިރީގައި ކަންކަން ހިނގައިފި. ސްރީލަންކާގައި ހިނގައިގެން ގޮސްފި. އެގައުމުން ފެނުނީ ކޮމިއުނިކޭޝަން ލެޕްސްތަކެއް. ވަރަށް ކްލިއަރލީ އަޅުގަނޑުމެންގެ ގައުމުގެ ވަކިކަމަކަށް ވަކިތާކަށް އެއްވެސް ޑައިރެކްޓް ތްރެޓެއް ނެތް. އެހެން ނަމަވެސް ގޮލޯބަލް ތްރެޓް މުޅި ދުނިޔެއަށް އެބައޮތް. އެ އޮންނާނެ އެންމެނަށްވެސް. އެހެން ވީމާ އަޅުގަނޑު ދެކޭ ގޮތުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތަށް އެޅުމަކީ އޭގެން ފަތުރުވެރިކަމަށް ޕްރޮޓެކްޝަންއާއި ކުރިއެރުން ލިބޭނެ ކަމެއް“

އަލީ ވަހީދު ވިދާޅުވީ ސަރުކާރުން އެފަދަ ފިޔަވަޅެއް އަޅަން ނިންމީ ގައުމީ ދިފާއީ ބާރުތަކުގެ އިސްވެރިންގެ ގޮތުގައި ތިބި ބޭފުޅުންގެ ފަންނީ ލަފައާއެކު ސަރުކާރުގެ ކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. އެއީ ޓޫރިސްޓުންނާއި ރާއްޖޭގެ ރައްކަލަށްޓަކައި ދިފާއީ ބާރުން އެޅި މުހިއްމު ފިޔަވަޅެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްއެންޑީއެފްގެ އެ ބަޔާނާއެކު ބައެއް ފަރާތްތަކުން އޭނާއާއި ގުޅުއްވި ކަމަށާއި އަދި ކުޅިވަރަކަށް ހަދައިގެން ބަޔާން ނުނެރުމަށް ބުނި ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ އެމްއެންޑީއެފްއަކުން ހަމަ ހުރެފަ ބަޔާނެއް ނުނެރޭނެ ކަމަށެވެ.

”ކުރިން ނެރޭހެން އެމްއެންޑީއެފްއަކުން ބަޔާނެއް ނުނެރޭނެ ހަމަ ބަޔާނެއް ނެރެންވެގެންނެއް. ނުވަތަ ކުރިން އުޅުނު ކަންނޭގެ މާލޭގައި ބޮންތަށް ހަދައިގެން ބޮންނެގުމާއި މިކަހަލަ ކަންތައްތަކެއް. މިޙާރު ޕޮލިޓިކަލް ޑިސިޝަންއެއް ނާންނާނެ، މިހާރު އަންނާނީ ޕޮލިސީ ޑިސިޝަންސް. ޓެކްނިކަލް މީހުންގެ ލަފަޔާއެއްކޮށް އަންނަ އެއްޗެއް. އެހެން ވީމާ އަޅުގަނޑު ހަމަ ބޭނުންވީ ޔަގީންކަން ދޭން ބައެއް ބޭފުޅުން ރޭގަވެސް ހަމަ ގުޅުއްވާފަ ވިދާޅުވި މި ކުޅިކުޅިވަރަށް ކުޅޭ ކަންކަމެއް ނޫނޭ. އޮފްކޯޒް ކުޅި ކުޅިވަރަށް ކުޅޭ ކަމެއް ނޫން. ކުޅި ކުޅިވަރަކަށް މިހާރު މި ދިވެހިރާއްޖޭގައި ސިފައިންނާއި ފުލުހުންނެއް ކަންކަމެއް ނުކުރާނެ. ސިޔާސި އެއްވެސް ނުފޫޒެއް އެބޭފުޅުންގެ މައްޗަކަށް ނޯންނާނެ ”

ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ވިސްނުމަށް ބަދަލުއަންނަމުންދާކަން ފާހަގަކޮށް އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި ސިޔާސަތު ކަނޑައަޅާއިރު އެ ވިސްނުމާއި އެއްގޮތަށް ބަދަލުކުރަންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖެއަކީ އެންމެ ރައްކާތެރި މާހައުލުގެ ގޮތުގައި ފަތުރުވެރިންނަށް އިހުސާސް ކުރެވެން ފެށުމުން ޓޫރިޒަމަށް ކުރިއެރުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: