ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެއިންތިޚާބު އެއްކޮށްލުމުން ބޭރުގެ އިންވެސްޓަރުންކުރާ އިތުބާރު ބޮޑުވާނު: ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމުން ދިވެހިރާއްޖެއާއި ދޭތެރޭ ބޭރުގެ އިންވެސްޓަރުންކުރާ އިތުބާރު ބޮޑުވެ، ރާއްޖެއަށް އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ”ދިވެހީންގެ ރާއްޖެ“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންނަށް ބަރޯސާވާންޖެހޭ ގައުމަކަށްވާއިރު، ގަވަނަންސް ނިޒާމު ހަރުދަނާކޮށް ސްޓޭބަލް ޑިމޮކްރެޓިކް ސިސްޓަމެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. ދެ އިންތިޚާބު އެއްކޮށްލުމުން ރައްޔިތުންނަށް ރައީސަކު ވެވަޑައިގަންނަވާ ވައުދުތައް ފުއްދުމަށް މަގުފަހިވެ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން ރާއްޖެ ފަދަ ކުޑަ ގައުމަކަށް ހަރުދަނާ ކުރިއެރުންތަކެއް ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވީ ގައުމު އިގްތިސާދީ އަނދަވަޅަކަށް ވައްޓާލީ އެ ޕާޓީން ކަމަށެވެ. އަދި މިއަދުވެސް އެމްޑީޕީގެ ލީޑަރޝިޕްގައި ތިބީ ހަމަ އެއް ބަޔަކު ކަމަށްވާއިރު، ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ބޭފުޅުން ދައްކަވާ ވާހަކަތައް ރައްޔިތުން ގަބޫލުކުރާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އެންމެ ގިނައިން ޕާކުތައް ހެދުމާއި ބިންހިއްކުމުގެ ބޮޑެތި މަޝްރޫއުތަކުގެ މޭސްތިރިއަކީ އެމަނިކުފާނު ކަމަށެވެ. ހައުސިންގް މިނިސްޓަރު ކަމާއި މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރުވެސް ރައީސް ޑރ. މުއިއްޒު ވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ، މާލޭގެ މަލަމަތި ޒީނަތްތެރިކޮށް ޒުވާނުންނާއި އަންހެނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: