ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫއަށް ބޭނުންވަނީ ރަނގަޅު އިޤްތިސާދެއް: އަޖީބު

ޝެއާރކޮށްލާ ކަހަލަދޯ؟

ތިނަދޫއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ހަރުދަނާ އިޤްތިސާދެއް ކަމަށް ޕީއެންސީގެ ޓިކެޓުގައި ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް މުހައްމަދު އަޖީބް ވިދާޅުވެއްޖެއެވެ.

އަޖީބް މިހެން ވިދާޅުވީ ތިނަދޫ ސިޓީގެ މާލޭ ސަރަހައްދުގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ކައުންސިލުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމުގައި ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވަމުން އަޖީބު ވިދާޅުވީ، މިހާރު ކައުންސިލްތަކުން ރައްޔިތުންނަށް އެންމެ އެކަށީގެންވާ ޙިދުމަތްތަކެއް ފޯރުކޮށްނުދެވޭ ކަމަށެވެ. މިސާލެއްގެ ގޮތުން ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރާނެ ބިމެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ ކަންކަމުގެ ސަބަބުން ތިނަދޫ ރައްޔިތުން ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޖީބު އިތުރަށް ވިދާޅުވީ ތިނަދޫގެ އިޤްތިސާދު ހަރުދަނާކޮށް، އެ ސިޓީއަށް ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބުވެއްޖެނަމަ ތިނަދޫ ސިޓީއަކީ އިޤްތިސާދީ ގޮތުން ބާރުވެރި ތަނަކަށް ހައްދަވައި، ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މާލޭގައި ހުޅުވި މި ކެމްޕެއިން އޮފީހަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް އެޅުނު މުހިންމު ބިންގަލެއް ކަމަށް އަޖީބު ސިފަކުރެއްވިއެވެ. ތިނަދޫގެ އާބާދީއާ އެއްވަރުގެ އާބާދީއެއް މާލޭ ސަރަހައްދުގައި ދިރިއުޅޭކަން ފާހަގަކުރައްވައި، މިފަދަ ޖަގަހައެއް ހުޅުވައިދެއްވި ކަމަށްޓަކައި ޕީއެންސީގެ ލީޑަރޝިޕަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

މުޖުތަމައުގެ ހަމަޖެހުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަޖީބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެންމެ ބޮޑަށް ބޭނުންފުޅުވަނީ އެކުވެރި އަދި ރައްކާތެރި މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ. އެގޮތުން އިސްރަށްވެހިންނަށް އޯގާތެރިވުމާއި، އަންހެނުން ބާރުވެރިކުރުވުމުގެ އިތުރުން ޒުވާނުންނަށް ހައްގު މިންވަރަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: