ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ގުޑިފެސްޓް މި މަހުގެ 27 ގައި އުސްފަސްގަނޑުގައި ބާއްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ދިރާގުގެ މަގުބޫލު ”ގުޑިފެސްޓް“ މި މަހުގެ 27 ވާ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށްދާނީ އެ ދުވަހުގެ ހަވީރު 5:00 އިން 6:00 އަށް މާލޭ އުސްފަސްގަނޑު ސަރަހައްދުގައެވެ.

ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ދިރާގުގެ ފަރާތުން ހިލޭ ގުޑިއެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. މިއީ ގުޑި އެރުވުމުގެ ސަގާފީ އާދަކާދައަށް ކުޑަކުދިން އަހުލުވެރިކުރުވުމަށް ދިރާގުން ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ.

ދިރާގު ގުޑިފެސްޓަކީ ރަމަޟާން މަހު ދިވެހިންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމަށްވާ ގުޑި އެރުވުން ދިރުވުމުގެ މަގުސަދުގައި 2023 ވަނަ އަހަރު އެ ކުންފުނިން ފެށި ހަރަކާތެކެވެ. ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން، މި އަހަރު ވެސް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ފެސްޓިވަލް ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ފޯރުކޮށްދެމުންނެވެ. މިފަދަ ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، އެ އާދަތައް ދިރުވައި އާލާކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: