ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުދުމުޚުތާރު ވެރިކަމެއް ގާއިމްކުރުމަށްޓަކައި މި ސަރުކާރުން ދަނީ ފަހަރަކު ހައްގެން ނިގުޅައިގަންނަމުން: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުދުމުޚުތާރު ވެރިކަމެއް ގާއިމްކުރުމަށްޓަކައި މި ސަރުކާރުން ދަނީ ފަހަރަކު ހައްގެއް ނިގުޅައިގަންނަމުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މައުރޫފް ވަނީ ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މައުރޫފް ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި މި އިސްލާހަކީ ވަރަށް ނުވަގުތެއްގައި، އޮޅުވާލައިގެން ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. އަދި މި އިސްލާހުގެ ތެރެއިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

މި ކަމުގެ ފަހަތުގައިވާ ހަގީގަތެއް ދިވެހި ރައްޔިތުންނަށް ނޭނގޭ ކަމަށާއި، މިކަމާ ގުޅިގެން ކުރެވުނު ދިރާސާތަކުން ހާމަވަނީ މިއީ ހުދުމުޚުތާރު ވެރިކަމެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ.

 ”މި ކަމުގައި ފޮރުވިފައިވާ އެތައް ކަމެއް އެބަހުރި. މީގެ އަސްލު ފެށުމަކީ ރައްޔިތުން މިހާތަނަށް ގަބޫލުކުރަމުން އައި ޑިމޮކްރެޓިކް ހަމަތައް ބޮލާލާ ޖަހާލުން،“ މައުރޫފް ވިދާޅުވިއެވެ.

މީގެ އިތުރުން، މިއީ ގައުމުގައި ހުދުމުޚުތާރު ވެރިކަމެއް އަށަގެންނެވުމުގެ ގޮތުން ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މުހިންމު ބޮޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އެމްޑީޕީއަކީ ޑިމޮކްރެޓިކް މަސައްކަތްތަކާއި ގައުމުގެ މިނިވަންކަމަށްޓަކައި އަބަދުވެސް ވަކާލާތުކުރާ ޕާޓީއެއްކަން ފާހަގަކުރައްވައި، މިކަން މި މަގުން ދިޔުމަށް ރައީސް މުއިއްޒަށް ދޫނުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ، އެމްޑީޕީން މިހާރު ވާނީ މި ކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފަށާފައި ކަމަށެވެ. ގާނޫނުއަސާސީއަށް ގެނެވޭ 8 ވަނަ އިސްލާހުގައި ބުނާ ބަދަލަށް ދިވެހިން ”ނޫނެކޭ“ ބުނަންޖެހޭ ކަމަށް އޭނާ ގޮވާލެއްވިއެވެ.

ނިންމާލަމުން މައުރޫފް ވިދާޅުވީ، އިންތިހާބުތަކާއި ދިވެހި ވެރިކަމުގެ ނިޒާމު އެފުށްމިފުށަށް ޖަހާލުމަކީ އެމްޑީޕީއަށް އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: