ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއިއެކު ވާގިވެރިވާނެ ކައުންސިލްތަކެއް ގެނައުމަށް އިންތިޚާބުގެ މެޖޯރިޓީ ސަރުކާރަށް ދޭންޖެހޭ: ނަރީޝް

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއިއެކު ވާގިވެރިވާނެ ކައުންސިލްތަކެއް ގެނައުމަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ސަރުކާރަށް ދޭންޖެހޭކަމަށް ޔޫތު މިނިސްޓްރީގެ އެޑްވައިޒަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިހެން ވިދާޅުވީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ”ދިވެހީންގެ ރާއްޖެ“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ސިޔާސީ ކަންކަމުގައި ހުންނަ ޙިޔާލު ތަފާތުވުންތަކުގެ ސަބަބުން ކައުންސިލްތަކުގައި ތިއްބަވާ ބޭފުޅުންގެ ވިސްނުމާއި ފިކުރުގެ ގޮތުން ތަފާތުތަކެއް އަންނަކަން ފާހަގަކުރައްވާ ނަރީޝް ވިދާޅުވީ، މިފަދަ ޙިޔާލު ތަފާތުވުންތަކުގެ ސަބަބުން ހުރިހާ ގެއްލުމެއް ވަނީ އެރަށެއްގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ ގއ. ވިލިނގިލީގެ ބަނދަރުގެ މަސައްކަތެވެ. ވިލިނގިލީގައި ބަނދަރު ތަރައްޤީ ކުރާތާ ތޭރަ އަހަރު ވެފައިވާކަން ފާހަގަކުރައްވާ ނަރީޝް ވިދާޅުވީ، މި ސަރުކާރު އައިފަހުން އެ މަސައްކަތް މިހާރު ނިމުމާ ގާތްވެފައިވާ ކަމަށެވެ.

ނަރީޝް އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފޮތެއްގެ ސިފައިގައި ޗާޕްކުރެވިފައިވާ ކަމަށެވެ. އަދި ރައީސް އެ ވައުދުތައް ފުއްދެވުމަށްޓަކައި ރެޔާދުވާލު މަސައްކަތް ކުރައްވާއިރު، އެކަމަށް ހުރަސް އެޅުމަކީ އެއްވެސް ރައްޔިތަކު އެދޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ރައްޔިތުން ބޭނުންވާ ތަރައްޤީގެ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ ނަރީޝް ވިދާޅުވީ، އެކަންކަން ޙާސިލް ކުރުމަށް ސަރުކާރުން މަސައްކަތް ކުރާއިރު، ސަރުކާރާ އިދިކޮޅު ކައުންސިލްތަކުން ބެރިކޭޑުތަކެއްގެ ސިފައިގައި ހުރަސްއަޅާނަމަ ރައީސްގެ ފަސް އަހަރުގެ ދައުރުގައި ވައުދުތައް ފުއްދުމަށް ދަތިވާނެ ކަމަށެވެ.

އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ސަރުކާރަށް ދިނުމަކީ ރަށުގެ ތަރައްޤީއަށް މުހިންމު ކަމެއްގެ ގޮތުގައި ނަރީޝް ވަނީ ސިފަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: