ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯ ސައިޓެއްގައި ހިނގި ހާދިސާއެއްގައި މުުވައްޒަފަކަށް އަނިޔާވެ ވެންޓިލޭޓަރުގައި ފަރުވާ ދެނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ސައިޓެއްގައިހާދިސާއެއް ހިނގައި މުވައްޒަފަކަށް އަނިޔާވެ، ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ފެބްރުއަރީ 22 ގައި ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބުނީ ފުލުހުން ބުނި ގޮތުގައި އޭގެ ޖެހިގެން އައި ދުވަހު އެވެ.

ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމް ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަކަމަަށް ފުލުހުން ބުނި އިރު އެކަމުގެ އެއްވެސް ތަފްސީލެއް ނުދެއެވެ.

މި މައްސަލަ ފެންމަތިވެގެން އައީ ސޯޝަލް މީޑިއާގައި އާންމުވި ޕޯސްޓަކާއި ގުޅިގެންނެވެ. ދައުރުވަމުންދާ އެ ޕޯސްޓުގައި ވަނީ އާދިއްތަ ދުވަހުގެ ރޭ ދަންވަރު ތިނެއް ޖަހާކަށްހާއިރު ވެމްކޯގެ ރޭމްޕް މަތިން ކޮންޓެއިނަރަކަށް އެ މުވައްޒަފު ވެއްޓިފައިވާ ކަމަށެވެ.

މި ރޭމްޕު މަތިން ކޮންޓެއިނަރާ ހަމައަށް 12 ނުވަތަ 13 ފޫޓުގެ އުސްމިނެއް ހުންނާނެ ކަމަށް އެ ޕޯސްޓުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: