ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެއްކޮށްލުމުގެ ވާހަކަ އިދިކޮޅަށް ކަމުނުދަނީ ވެރިކަމުގައި ނެތީމަ: އިބްރާހިމް

ރައްޔިތުންގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދެ އިންތިހާބު އެއްކޮށލްުމުގެ ވާހަކަ އިދިކޮޅު ފަރާތްތަކަށް ކަމު ނުދަނީ އެމީހުން ވެރިަމުގައި ނެތީމަ ކަމަށް މައްޗަން ގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރށްފަހު“ ޕްރޮގްރާމްގައި މެމްބަރު އިބްރާހިމް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލާ ވާޙަކައަށް އިދިކޮޅުން ދެކޮޅު ހަދާއިރު އޭގެ ސަބަބުން ރައްޔިތުންނަށް ވަނީ ގެއްލުންކަން އަންގައިދޭ ހަރުދަނާ ސަބަބުތަކެއް ދައްކަން ޖެހޭ ކަމަށެވެ. މެމްބަރު ވިދާޅުވީ އިންތިހާބުތައް އެއްކޮށްލުމުން ބޮޑު ޚަރަދެއް، ދައުލަތުގެ ބަޖެޓުން ސަލާމަތްވެގެން ދާ ކަމަށެވެ.

900 ނުވަތަ 800 މިލިއަން ރުފިޔާ ސަލާމަތް ވާއިރު މިއީ ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ އެކަން އިނގޭ ބަޔަކު އެކަން ވިސްނޭ ބަޔަކު އެކަން ތަކުރާރު ވެގެން ވިޔަނުދިނުމަށްޓަކާ މަސައްކަތް ކުރާނެ ކަމަށެވެ. މެމްބަރު ވިދާޅުވީ ކަންބޮޑުވާ ބޭފުޅުން ކަންބޮޑުވެގެން އުޅެނީ ހަމަ އެންމެ ކަމަކާ ހެދި ކަމަށާއި އެއީ ކަން މިވަގުތު ވެރިކަމުގަ ޕީއެންސީން ތިބުމުން ކަމަށެޗެ.

”މި ފާސްވުން ފާސްވުމަށްފަހު މީގެ ފަނަރަ ސޯޅަވަރަކަށް އަހަރު ފަހުން، ވިއްސަކަށް އަހަރު ފަހުން ދެން މީހަކު މި ވާހަކައެއް ނުދައްކާނެ. މިސާލަކަށް މި އަންނަ ފަހަރު މި އިދިކޮޅަށް ވެރިކަން ލިބިއްޖެއްޔާ ވެސް އެ މީހުން މި ވާހަކައެއް ނުދައްކާނެ. އެހެންވީމަ މި ގޯސްވެގެން މި އުޅެނީ، އެ އިދިކޮޅު މީހުންނަށް ގޯސް މި ވަނީ ރައްޔިތުންނަށް މީގެން ގެއްލުން ވާތީއެއް ނޫން. އެ މީހުން ވެރިކަމުގަ ނުތިބެ މިކަން ހިނގާތީ“

މެމްބަރު ވިދާޅުވީ އެ މީހުންނަށް ހީވަނީ އެ މީހުން އަތުން އެއްޗެއް ގެއްލިގެން ދާ ކަމަށެވެ. މެމްބަރު ވިދާޅުވީ ހަގީގަތުގައި ރައްޔިތުންގެ ފައިސާއިން ފައިސާ ސަލާމަތްވުމާއި ރައްޔިތުންގެ ވަގުތުން ވަގުތު ސަލާމަތްވުމަކީ އެއީވެސް ހަމަ ފައިސާ ކަމަށެވެ. މެމްބަރު ވިދާޅުވީ ކޮންމެ ވޯޓަކާ ގުޅިގެން އެތައް ހާސް ވޮލަންޓިއަރުން މަސައްކަތް ހުއްޓާލާފަ ވޯޓުގެ ކަންތައްތަކާ ގުޅެން ޖެހޭ ކަމަށެވެ. އޭގައި އެތައް ޓީޗަރުންނަކާއި ރައްޔިތުން އަންނަން ޖެހޭ ކަން ވާނި ފާހަގަކޮށްފައެވެ.

މެމްބަރު ވިދާޅުވީ ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރިޔަސް ނުވަތަ ރައްޔިތުންގެ ތެރޭގަ މަސައްކަތް ކުރާ ގިންތިއާ ފަންތިތަކުގަ ހުރިހާ ރައްޔިތުންނަށްވެސް މިކަމުގައި ޕްރެޝަރު އަންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: