ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމުގެ ކްރެޑިޓް އެމްޑީޕީއަށް ނުލިބޭނެ، ގެނެސްދިން އެއްވެސް ބަދަލެއް ނެތް: ޝިޔާމް

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް --- ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ނިޒާމު ތައާރަފުކޮށް، އެ ނިޒާމުގެ ފައިދާ ރާއްޖެއަށް ގެނުވިކަމަށް ބުނެ އެމްޑީޕީން އޭގެ ކްރެޑިޓް ނެގުމަށް މަަސައްކަތް ކުރި ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝޔާމް ވިދާޅުވެއްޖެ އެވެ.

ޕީއެންސީން މިރޭ ކުރިޔަށް ގެންދިޔަ، ކުޅުދުއްފުށި ސިޓީގެ މާލެ ކެމްޕެއިން އޮފީސް އިފްތިތާހު ކުރުމުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ހައްގުވެރިންނަކީ އެމްޑީޕީކަމަށް އެ ޕާޓީއަށް ގަބޫލު ކުރެވޭ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ކައުންސިލްތަކުގެ ވާހަކައާއި އެކު، އެމްޑީޕީން ތަކުރާރުކޮށް އެންމެ ގިނައިން ދައްކާ އެއް ވާހަކައަކީ ވެސް އެއީ ކަމަށެވެ. އަދި މިއީ އެ ޕާޓީ ގެނުވި ނިޒާމެއްކަމަށް ބުނާކަން ފާހަގަކުރެއްވި އެވެ.

ޝިޔާމް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވި، އެ ނިޒާމުގެ ރަނގަޅު ސިފަތަކަކީ ކޮބައިކަން ބަޔާން ކުރަން ފެށީ އެމްޑީޕީ ނޫން ކަމަށެވެ. އަދި އެއީ އެމްޑީޕީ ”ވިހެއި“ ނިޒާމެއް ނަމަ، ނުބަލައި ދޫކޮށްލީކަމަށް ވެސް ވިދާޅުވި އެވެ.

މިއީ އެމްޑީޕީން ވިހައިފި ނަމަ، ވިހާފަ މަގުމައްޗަށް ދޫކޮށްލި ނިޒާމެއް

ޝިޔާމް ވިދާޅުވީ ރާއްޖެއަށް ލާމަރުކީ ނިޒާމުން ކުރިއެރުވުމަށް އެމްޑީޕީއަށް ކުރެވުނު މަސައްކަތެއް ނެތް ކަމަށެވެ. އަދި މިވޭތުވެ ދިޔަ 15 އަހަރުގެ ތެރޭގައި ރާއްޖެއަށް އެ ނިޒާމުން ކުރި ފައިދާއަކީ ކޮބައިތޯ ސުވާލު ކުރި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުތަކުން އެންމެ ބޮޑަށް ފާހަގަކުރެވުނީ ކައުންސިލްތަކަށް އަޅާނުލައި ދޫކޮށްލާފައި އޮތް މިންވަރުކަން ޝިޔާމް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ މި ނިޒާމަށް ބަދަލު ގެނެވުނު ނަމަ، މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ރަށްތަކުގައި ކައުންސިލް އޮފީސްތައް އެޅުމަށް އިމާރާތުގެ ބިންގާ އަޅަން ނުޖެހުނީސް ކަމަށެވެ.

ކޮންމެ ރަށެއްގެ ވެސް ކައުންސިލް ބައްދަލުވުންތައް، ކައުންސިލް އިދާރާގައި ކުރިޔަށް ގެންދާއިރު ތަނުގެ ހާލަތު ވަރަށް ގާތުން ފެނުނުކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސަރުކާރުން 100 އެތައް ރަށެއްގައި ކައުންސިލް އިމާރާތުގެ ބިންގާ އަޅާފައިވާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ކައުންސިލްގެ އޮފީސްތަކުގެ މަސައްކަތް ކުރާނެ ޖާގަތައް އިންތިހާއަށް ކުޑަ ކަމަށެވެ.

ޝިޔާމް ވަނީ ސަރުކާރުން ރަށްތަކަށް ތަރައްގީ ގެނައުމަށް ކުރާ މަސައްކަތްތައް ބާރު ދުވެލީގައި ކުރިޔަށް ގެންދެވޭނީ، ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެންކަން ފާހަގަކުރައްވާފަ އެވެ. އަދި ވިދާޅުވީ ސަރުކާރާއި ދެކޮޅު ވިސްނުން ހުރި ބަޔަކު ކައުންސިލްތަކަށް އިންތިހާބުވެގެން، މަޝްރޫއުތައް މަޑުޖައްސައި ހުރަސްއަޅާނެކަން މިހާރު ވެސް ދިމާވާ ކަންތަކުން ސާފުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: