ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޯސް ހޯދުމަށް ފެށި މަސައްކަތާ އެކު، މޮރިޝަސްއިން ރާއްޖެއާ އެކު ހާރިޖީ ގުޅުންތައް ކަނޑާލައިފި

ރާއްޖޭން މޮރިޝަސްއަށް ކަނޑައެޅި ނޮން-ރެޒިޑެންޓް ސަފީރު މަސްއޫދު އިމާދު، މޮރިޝަސްގެ ރައީސަށް ފަތްކޮޅު އަރުވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޯސްގެ މައްޗަށް ނެތްކަމާއި، އެތަނަށް ރާއްޖެއިން ކުރާ ދައުވާ ދަމަހައްޓާކަމަށް ދިވެހި ސަރުކާރުން ގެންގުޅޭ ސްޓޭންޑާއި އެކު އެ ގައުމުން ރާއްޖެއާ އެކު ބާއްވާ ހާރިޖީ ގުޅުންތައް ވަގުތުން ކަނޑާލަން މިއަދު  މޮރިޝަސްއިން ނިންމައިފި އެވެ.

މޮރިޝަސްގެ ކެބިނެޓުގެ މިއަދުގެ ބައްދަލުވުމުގައި ރާއްޖެއާއި ދެކޮޅަށް ބައެއް ނިންމުންތައް ވަނީ ނިންމާފަ އެވެ. އެގޮތަށް ނިންމާފައި ވަނީ ޗާގޮސްގެ ޖަޒީރާ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ބާރު އޮތްކަމަށް މިހާރު ދެކޮޅު ހަދަމުން ގެންދާކަމަށް ބުނެ އެވެ. އަދި ރާއްޖެއިން އިނގިރޭސި ސަރުކާރާއި އެކު އެކުލަވާލުމަށް މަސައްކަތް ކުރި އެއްބަސްވުމަށް މިހާރު އިއުތިރާޒު ކުރަމުން ގެންދާކަމަށް ވަނީ ބުނެފަ އެވެ.

މި ސަބަބުތަކުގެ މައްޗަށް މޮރިޝަސްގެ ކެބިނެޓުން ނިންމާފައި ވަނީ، ރާއްޖެއާއި އެކު އޮތް ޚާރިޖީ ގުޅުން ވަގުތުން ސަސްޕެންޑުކޮށް، މެދުކަނޑާލުމަށެވެ.

މި ނިންމުން މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ އާންމުކޮށްފަ އެވެ. މި ނިންމުމާއި ގުޅުވައި އަދި މިހާތަނަށް ދިވެހި ސަރުކާރުން ރަސްމީގޮތެއްގައި ވާހަކަ ދައްކާފައި ނުވެ އެވެ.

ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްޗަށް އެހެން އެއްވެސް ގައުމަކަށްވުރެ ރާއްޖެއަށް އޮތް ހައްގު ބޮޑުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ޗާގޯސްގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: