ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮކްޓޯބަރ 3 މުޒާހަރާ މައްސަލައިގައި މައުރޫފާއި، ޒަހިއްޔާއަށް ދައުވާކުރުމަށް ފޮނުވައިފި

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު އަދި މާލޭ ކައުންސިލްގެ ހުޅުމާލޭ އުތުރު ދާއިރާގެ ގޮނޑި އަށް އެމްޑީޕީން ވާދަކުރާ ޒާޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރާއި، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރާ ފާތިމަތު ޒަހިއްޔާ (ޒާޔާ) ގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން ފުލުހުންގެ އިރުޝާދުތަކަށް ދެކޮޅުހަދައި، ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި ކަމަށް ބުނާ މައްސަލައެކެވެ.

މި އެއްވުން އެރޭ ހޫނުވީ އަމީނީ މަގުން ކުރިއަށް ގެންދަން ރާވާފައި އޮތް ހިނގާލުމެއް، ފުލުހުންނާއެކު ކުރިން ކުރެވުނު މަޝްވަރާތަކާ ހިލާފަށް މަޖީދީ މަގުން ކުރިއަށް ގެންދަން އުޅުމާ ގުޅިގެންނެވެ. ފުލުހުން ތަކުރާރުކޮށް އަމީނީ މަގުން ހިނގާލުން ކުރިއަށް ގެންދިއުމަށް އިރުޝާދު ދިން ނަމަވެސް، ޕާޓީގެ ލީޑާޝިޕްއިން އެކަމަށް ކިޔަމަންތެރިވެފައި ނުވެ އެވެ. އެހެންވެ މުޅި އެއްވުން ހޫނުވެ، އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ފެންފުޅި އުކައި، ބެރިކޭޑުތައް ނެގުން ފަދަ ކަންކަންކޮށްފައި ވެއެވެ.

މި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވި މީހުންނަށް، ފޮނުވި ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގައި މުޒާހަރާ ކުރިއަށް ގެންގޮސްފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށެވެ. މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް އެއްވެ، އާންމު ދަތުރުފަތުރު ކުރުމަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން އަމަލުކޮށްފައިވާކަމަށް ވެސް ތުހުމަތުގައި ވެއެވެ.

މީގެ އިތުރުން، ފުލުހުންގެ ގާނޫނީ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުކޮށްފައި ވެއެވެ.

މައުރޫފާއި ޒަހިއްޔާގެ އިތުރުން، މައްސަލައިގައި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރުމަށް ވެސް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައި ވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ދެކޮޅު ހަދައި، އެމްޑީޕީން މާޗު މަހުގެ 21 ވަނަ ދުވަހު އަލުން މުޒާހަރާއަށް ނިކުތުމަށް އިއުލާނުކޮށްފައި ވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: