ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީގެ އިގްތިސާދީ ތަރައްގީއަށް ބޮޑު ހީނަރުކަމެއް ވަނީ އައިސްފައި، އެކަން ބަދަލު ކުރާނަން: އިބްރާހިމް ހަސަން

ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ވާދަކުރައްވާ ޕީއެންސީ މޭޔަރު ކެނޑިޑޭޓް އިބްރާހިމް ހަސަން/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ދައުރުތަކުގައި ކުޅުދުއްފުށީ ސިޓީގެ އިގްތިސާދީ ތަރައްގީއަށް ބޮޑެތި ހީނަރުކަންތަކެއް އައިސްފައިވާކަމަށާއި، މޭޔަރުކަމަށް ވާދަކުރައްވަނީ ސިޓީގެ ތާރީހު ބަދަލުކުރުމަށްކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ރޭ އޮތް ކުޅުދުއްފުށި ސިޓީގެ މާލޭ އޭރިއާ ޕީއެންސީ ކެމްޕެއިން އޮފީސް ހުޅުވުން ރަސްމިއްޔާތުގައި އިބްރާހިމް ހަސަން ވިދާޅުވީ، ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށާއި، މި އިންތިހާބަށް އެ ޕާޓީން ވެފައިވާ ތައްޔާރީތަކަކީ މީގެ ކުރިން އެއްވެސް އިންތިހާބެއްގައި އެއްވެސް ޕާޓީއަކުން ވެފައި ނުވާފަދަ ފުރިހަމަ ތައްޔާރީތަކެއް ކަމަށެވެ.

މި ތައްޔާރީތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް މި އިންތިހާބުގެ ގޮނޑިތައް މުހިންމު ވާތީ ވެފައިވާ ތައްޔާރީތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުށީގެ ސިޔާސީ މަޝްރަޙަށް އަލިއަޅުއްވާލައްވަމުން އިބްރާހިމް ހަސަން ވިދާޅުވީ، ވޭތުވެދިޔަ ހުރިހާ ދައުރުތަކެއްގައި ވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށް ކަމަށެވެ. ނަމަވެސް، މިފަހަރު ނުކުމެ ތިބީ އެ ތާރީހަ ބަދަލުކުރުމަށްކަމަށާއި، އެކަން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވި އެވެ.

ބަދަލުކުރަންޖެހޭ އެންމެ ބޮޑު ސަބަބަކީ، ވޭތުވެދިޔަ ދައުރުތަކުގައި ކުޅުދުއްފުށީ ސިޓީގެ އިގްތިސާދީ ތަރައްގީއަށް އައިސްފައިވާ ހީނަރުކަން… އިރާދަކުރެއްވިއްޔާ ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން އަޅުގަނޑުމެން ހޮއްވަވައިދެއްވައިފިނަމަ، އިގްތިސާދީ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެންމެ ފަހު ދުވަހާ ޖެހެންދެންވެސް މަސައްކަތް ކުރާނަން

އޭނާގެ ތަސައްވުރަކީ ކުޅުދުއްފުށީ ސިޓީއަކީ ވިޔަފާރިތަކަށް ހަމަހަމަ ފުރުސަތު އޮންނަ، ވަޒީފާގެ ދޮރުތައް ހުޅުވިފައިވާ، އަދި ތަރައްގީގެ މަންފާ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިދޭ އިގްތިސާދީ ގޮތުން އުންމީދީ ސިޓީއަކަށް ހެދުންކަމަށް ވެސް އިބްރާހިމް ހަސަން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: