ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަވަންދޫ އެއަރޕޯޓު ރަންވޭ އެކްސްޓެންޝަންއަށް ބިން ހިއްކަން އުޅޭ ވާހަކައަކީ ދޮގެއް: އަމީން

ދަރަވަންދޫ އެއާޕޯޓުގެ މަސައްކަތް -- ފޮޓޯ| ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފެތުރެމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ބުނެފިއެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ އަމީން އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވާ ވިދާޅުވީ މިހާރު ދެކެވެމުންދާ ވާހަކަތަކާ ހިލާފަށް، ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ދިގުކުރުމަށް ބިން ހިއްކުމުގެ އެއްވެސް މަޝްރޫއެއް މިވަގުތު ރޭވިފައި ނެތްކަމަށެވެ.

ދަރަވަންދޫ އެއާޕޯޓާ ގުޅޭގޮތުން ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އެއާޕޯޓުގައި މިހާރު ހުރި ވަސީލަތްތައް ތަރައްގީކޮށް، ޓާމިނަލްގެ އިންފްރާސްޓްރަކްޗާ އިތުރަށް ފުރިހަމަކުރުމަށް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދުތަކަކީ ފަސިންޖަރުންނަށް ލިބޭ ހިދުމަތްތައް ރަނގަޅުކުރުމާއި، އެއާޕޯޓް ހިންގުމުގެ ދުވެލި ހަލުވިކުރުމާއި، ހިދުމަތުގެ ފެންވަރު މަތިކުރުމުގެ އިތުރުން މިހާރު ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން، ރަންވޭ ބޮޑުކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނުވަތަ އެފަދަ ކަމަކަށް ހުއްދަ ދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި އާންމުންގެ މެދުގައި އޮޅުންބޮޅުން އުފެދިދާނެ ފަދަ ސައްހަ ނޫން މައުލޫމާތު ފެތުރުމުގެ ބަދަލުގައި، ސަރުކާރުގެ ރަސްމީ އިދާރާތަކުން މައުލޫމާތު ސާފުކުރުމަށް މީޑިއާތަކަށާއި އާންމުންނަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިނިސްޓްރީން ބުނީ ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ދެފުށް ފެންނަ ގޮތެއްގައި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: