ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީ ޖަލުގައި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައިފި

މާފުށީ ޖަލުގައި ބެހެއްޓި ބޮޑީ ސްކޭނިން މެޝިން، ހޯމް މިނިސްޓަރު އަލީ އިހުސާން އިފްތިތާހުކޮށްދެއްވަނީ.-- ފޮޓޯ: ކަރެޝަނަލް ސާވިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. މާފުށީ ޖަލުގައި އަލަށް ބެހެއްޓި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިންގ މެޝިން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އިފްތިތާހު ކޮށްދެއްވައިފިއެވެ.

ސޯޝަލް މީޑިއާގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހިއްސާކޮށްފައި މައުލޫމާތުގައި ވަނީ މިއީ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު ފަހުގެ ބޮޑީ ސްކޭނިންގ މެޝިނެއް ކަމަށާއި އަދި މާފުށި ޖަލުގައި ބެހެއްޓުނު އެފަދަ ފުރަތަމަ މެޝިން ކަމަށެވެ. މިއީ ސަރުކާރުން ހޯމް މިނިސްޓްރީން ފޯރުކޮށްދެއްވި މެޝިނެއް ކަމަށް އެ ހިދުމަތުން ވަނީ ބުނެފައެވެ.

ގާނޫނާއި ހިލާފަށް މަނާތަކެތި ޖަލަށްވެއްދުން ހުއްޓުވުމަށް، އެކި ބޭނުންތަކުގައި ޖަލުގެ ސަރަހައްދަށް އެތެރެވާ މީހުން ސްކޭން ކުރެވޭ ބޮޑީ މެޝިނެއް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މީގެކުރިން އިހުސާން ވަނީ ވިދާޅުވެފައެވެ.

ވަގަށް ޖަލަށް ތަކެތި ވައްދާ މައްސަލަ ހައްލު ކުރުމަށް، މިދިޔަ ސަރުކާރުތަކުން އެކި ފިޔަވަޅު އެޅި ނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބެ އެވެ. އެންމެ ގިނައިން ފެންމަތިވާ މައްސަލަތަކަކީ، ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާ މައްސަލަ އެވެ. އެކަމަކު އެކި ގޮތްގޮތުން އެތަކެތި، ޖަލަށް ވެއްދުމަށް އެހީތެރިވެދިނުމުގެ ތުހުމަތު ބައެއް ޖަލު އޮފިސަރުންނަށް ވެސް ކުރެވިފައި އެބަހުއްޓެވެ.

މީގއިތުރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި މި މަހުގެ ފަސްވަނަ ދުވަހު އިއްވި ރިޔާސީ ބަޔާނުގައި ވެސް ވަނީ ޖަލުތަކުގެ ތެރެއަށް ވެއްދުން މަނާ ތަކެތި ވައްދައި، ކުށްކުރަމުން ދިއުން ހުއްޓުވުމަށް އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް މިހާރު މާފުށީ ޖަލަށް ގެނެސްފައިވާކަން ހާމަކުރައްވައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: