ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ރާއްޖެއިން ކުށްވެރިކޮށްފި!

ބަހްރޭނުގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވުމާ ގުޅިގެން، އެ ގައުމުގެ އުޑުމަތިން ބޯކޮށް ދުން އަރަމުންދާ މަންޒަރު
ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގެ މަސްލަހަތު ގޯސްވެ، ހަނގުރާމައިގެ ހުޅުގަނޑު ފެތުރެމުންދާ މި ދަނޑިވަޅުގައި، ދިވެހިރާއްޖޭގެ ސަރުކާރުން އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ދިވެހިރާއްޖެއަކީ އަބަދުވެސް ބައިނަލްއަގުވާމީ މައިދާނުގައި ސުލްހައަށް ވަކާލާތުކުރާ ގައުމަކަށްވާއިރު، މި ނިންމުމަކީ ސަރަހައްދީ ހަމަޖެހުމަށް ބާރުއެޅުމުގެ ގޮތުން އެޅި މުހިންމު ފިޔަވަޅެކެވެ.

މި މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ގޯސްވަމުންދާ ދިއުމާމެދު ދިވެހި ސަރުކާރުން ނުހަނު ބޮޑަށް ކަންބޮޑުވާ ކަމަށެވެ. ހާއްސަކޮށް، އާންމު ރައްޔިތުންނަށް އަމާޒުކޮށްދޭ ހަމަލާތަކާއި، އިންސާނީ ހައްގުތަކަށް އުނިކަން އަންނަ ފަދަ އަމަލުތައް ހުރިހާ ފަރާތްތަކަކުންވެސް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ވަނީ ބާރުއަޅާފައެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސަރަހައްދުގެ ސުލްހަވެރިކަމާއި ހަމަޖެހުން އަލުން ގާއިމުކުރުމަށްޓަކައި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރުގައިވާ އިލްތިޒާމުތަކަށް ހުރިހާ ފަރާތްތަކުން ފުރިހަމައަށް ބޯލެނބުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކޮންމެ ދައުލަތެއްގެވެސް މިނިވަންކަމާއި އިސްތިގުލާލަށް އަދި ސަރަހައްދީ ރައްކާތެރިކަމަށް އިހުތިރާމުކުރުމަކީ ބައިނަލްއަގުވާމީ ގުޅުންތަކުގެ ބިންގަލެވެ. މި ބިންގާ މުގުރާލުމަކީ މުޅި ދުނިޔޭގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ރާއްޖެއިން ގަބޫލުކުރެއެވެ.

ދިވެހިރާއްޖެއިން އަބަދުވެސް ގެންގުޅޭ ދެމެހެއްޓެނިވި ސިޔާސަތަކީ މައްސަލަތައް މަޝްވަރާގެ އުސޫލުން ސުލްހަވެރިކަމާއެކު ހައްލުކުރުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ބާރުގެ ބޭނުންކޮށްގެން ހައްލު ހޯދަން އުޅުމަކީ އިތުރު ގެއްލުންތަކަކާއި ހިތާމަތަކަކަށް މަގުފަހިވާ ކަމެއް ކަމަށް ވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން، މަސްލަހަތު ހޫނުވަމުންދާ ދިއުން ވަގުތުން ހުއްޓުވައި، ސުލްހަވެރި ހައްލަކަށް ވާސިލުވުމަށްޓަކައި ހުރިހާ ފަރާތްތަކަކުން އިހުލާސްތެރިކަމާއެކު މަސައްކަތްކުރުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މެދުއިރުމަތީގެ ހަމަޖެހުމަކީ މުޅި ދުނިޔޭގެ އިގްތިސާދާއި ސަލާމަތާ ގުޅިފައިވާ ކަމެކެވެ. ސަރަހައްދީ އަދި ދުނިޔޭގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން މަސައްކަތްކުރުމަކީ މިއަދު މަޖުބޫރު ކަމެކެވެ. ރާއްޖެއިން މިކަމުގައި އަބަދުވެސް ބައިނަލްއަގުވާމީ މުޖުތަމައާއެކު ސާބިތުކަމާއެކު އޮންނާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: