ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރު ކޮމިޝަނުން ދައުވާ ކޮށްދޭން އެދުނު މައްސަލަތައް އަނބުރާ ފޮނުވާލައިފި

މަރު ކޮމިޝަނުން ދައުވާ ކޮށްދޭން އެދުނު މައްސަލަތައް އަނބުރާ ފޮނުވާލައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާވެރިކޮށް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި މަރާލުން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް މަރުތަކާއި، ގެއްލިފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ އެ ކޮމިޝަނަށް ފޮނުވާލައިފިއެވެ.

ރިޔާސީ ކޮމިޝަނުން ދައުވާކޮށް ދިނުމަށް އެދިފައި ވަނީ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށެވެ. ކޮމިޝަނުން ވަނީ މި ދެމީހުންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށް ބުނެފައެވެ. މައްސަލަތައް ތަހުގީގު ކުރުމަށްފަހު ކޮމިޝަންގެ ރައީސްގެ މަގާމު އޭރު އަދާކުރައްވަމުން ގެންދެވި، މިހާރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ ތިން މަރުގެ މައްސަލައިގެ ހަގީގަތް އެނގިފައިވާކަމަށެވެ. ކޮމިޝަންގެ ތަހުގީގު ރިޕޯޓުގައި އެނގުނު ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލަން ބަޔަކާ ހަވާލުކުރީ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތަކުންނެވެ. އެ ޖަމާއަތް ހިންގަމުން އައީ މަޒީދާއި ސާމިތުއެވެ.

”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑީއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ މައްސަލައިގައި ފުރިހަމަ ކުރަންޖެހޭ ކަންތަކެއް އެބަހުރި ކަމަށެވެ. އެހެން ކަމުން، އަލުން ތަހުގީގު ކުރުމަށްފަހު ހުށަހެޅުމަށް އަނބުރާ ފޮނުވާލާފައިވާކަމަށް ޝަފީއު ވިދާޅުވިއެވެ.

މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވި މަޒީދާއި ސާމިތު އާއި ދެ މީހުންވެސް ރިލްވާން ވަގަށް ނެގުމުގައި ބައިވެރިވެފައިވާކަމަށް ކަމަށް ކޮމިޝަނުން ބުނެ އެވެ. ޔާމީން ރަޝީދާއި ރިލްވާން މަރާލީ ރާއްޖޭގައި ހިންގާ އަލްގައިދާގެ ގޮތްޕެއްގެ ރޭވުމުގެ ދަށުންނެވެ. އަލްގައިދާ ބްރާންޗުން އޮޕަރޭޝަންތައް ހިންގަނީ އެ ގްރޫޕުން ތަމްރީނު ކުރާ މީހުންގެ ސެލްތައް ބޭނުންކޮށްގެން ކަމަށާއި، ދެ މަރަކީ ވެސް އެފަދަ ސެލްތަކުން ހިންގާފައިވާ އަމަލެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މަރު ކޮމިޝަނުން ހުށަހެޅި މައްސަލަތައް ޕީޖީން އަނބުރާ ފޮނުވާލިއިރު، މަރު ކޮމިޝަން އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. ކޮމިޝަނުން ކުރި ތަހުގީގަށް ވެސް އާއްމުން ސުވާލު އުފައްދާއިރު، އާއިލާތަކުން ވެސް ވަނީ ރިޕޯޓުތައް ބަލައި ނުގަންނަ ކަމަށް ބުނެފައެވެ.

މަރު ކޮމިޝަންގެ ރައީސެއްވެސް މިވަގުތު ނެތްއިރު، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދުއާއި އެ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ކޮމިޝަނަށް ވަރަށް އަވަހަށް ބޭފުޅުން އައްޔަން ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: