ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރިޗު މަހުގެ ނިޔަލަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު، ބައެއްވަގުތުތަކުގައި ބަންދުކުރަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގެ މަސްލަހަތު ގޯސްވެ، ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، ޕާކިސްތާނުގެ ވައިގެ ސަރަހައްދު ވިޔަފާރި އުދުހުންތަކަށް ވަގުތީގޮތުން ބަންދުކުރުމަށް އެ ގައުމުގެ އެއާޕޯޓްސް އޮތޯރިޓީން ކަނޑައަޅައިފިއެވެ.

މި ނިންމުމަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ މި ހިނގާ މާރިޗު މަހުގެ ނިޔަލަށެވެ. މި ބަދަލާއެކު ޕާކިސްތާނުގެ އެކި ސިޓީތަކާއި މެދުއިރުމަތީގެ ގައުމުތަކާ ދެމެދު އޮޕަރޭޓްކުރާ ބައިނަލްއަގުވާމީ 150 އަށްވުރެ ގިނަ ފްލައިޓް މިހާތަނަށް ވަނީ ކެންސަލްކުރަން ޖެހިފައެވެ.

ޕާކިސްތާނުގެ އެއާޕޯޓްސް އޮތޯރިޓީން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ”އޮޕަރޭޝަނަލް“ ސަބަބުތަކަށްޓަކައި ކަރާޗީ އަދި ލާހޯރުގެ ވައިގެ ސަރަހައްދުގެ ބައެއް މަގުތައް، އަންގާރަ ދުވަހުން ފެށިގެން މާރިޗު 31 ގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ބޭނުންކުރުން މަނާވާނެ ކަމަށެވެ.

ފާއިތުވި ހޮނިހިރު ދުވަހު ހަމަނުޖެހުންތައް ފެށުނު ފަހުން، ޕާކިސްތާނާއި މެދުއިރުމަތީގެ ގައުމުތަކާ ދެމެދު ދަތުރުކުރުމަށް ތާވަލުކުރެވުނު 300 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށް ކަމާބެހޭ އޮފިޝަލުން މައުލޫމާތު ދެއްވައެވެ. އެހެންނަމަވެސް، މި ހާލަތުގެ ސަބަބުން އެ ގައުމުގެ އެތެރޭގެ އުދުހުންތަކަށް ކުރިމަތިވެފައިވާ ބުރޫތައް ނިސްބަތުން ކުޑަކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: