ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓާއި ގޯތި ދޭނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނަގާތީ ސަމާލުވާން އެދިއްޖެ

ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި މިއަދު ބާއްވާ ގުރުއަތުލުމަށް ދިޔަ މީހަކު އޭނާގެ ގޯތީގެ ރަޖިސްޓަރީ ހިފައިގެން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްއުތަކުގެ ދަށުން ފްލެޓާއި ގޯތި ހޯދައިދޭނެކަމަށް ބުނެ، އޮޅުވާލައިގެން އާންމުންގެ އަތުން ފައިސާ ނަގަމުންދާ މައްސަލަތަކެއް ފާހަގަކުރެވި، ހައުސިން މިނިސްޓްރީން އެކަން އާންމުންގެ ސަމާލުކަމަށް ގެނެސްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ”ބިންވެރިޔާ“ އަދި ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓު ލިބޭނެކަމަށް ބުނެ، އާންމުންގެ އަތުން ފައިސާ ނަގަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

މައްސަލައިގައި މިނިސްޓްރީން ބުނެފައި ވަނީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއްގައި ވެސް ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި މިނިސްޓްރީން ރަސްމީކޮށް ކުރާ އިއުލާނުތަކުގައިވާ ގޮތުގެ މަތިން މެނުވީ، އެއްވެސް ފަރާތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފުރުސަތު ލިބުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެކަމަށް ވަނީ ބުނެފަ އެވެ.

މިފަދަ ސްކޭމްތަކާއި އޮޅުވާލުންތަކަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށް ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ގޯތި ނުވަތަ ފްލެޓް ހޯދުމަށްޓަކައި އެއްވެސް ފަރާތަކާއެކު ފައިސާގެ މުއާމަލާތެއް ނުކުރުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން، އުސޫލުން ބޭރުން ގޯއްޗާއި ފްލެޓް ހޯދުމަށް އެއްވެސް ފަރާތަކުން މުއާމަލާތެއް ހިންގަން އުޅޭކަމުގެ މައުލޫމާތެއް ލިބިއްޖެނަމަ، ލަސްނުކޮށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހޮޓްލައިން ނަންބަރު 125 އަށް ގުޅައި އެކަން ރިޕޯޓުކުރުމަށް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: