ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީ ޖަލުގައި އޮޕަރޭޝަންއެއް ކުރިޔަކަށް ނުގެންދަން، ދިޔައީ ބައްދަލުވުމަކަށް: ފުލުހުން

މާފުށީ ޖަލުގައި އޮޕަރޭޝަންއެއް ކުރިޔަކަށް ނުގެންދަން، ދިޔައީ ބައްދަލުވުމަކަށް: ފުލުހުން - ފޮޓޯ: އެމްވީކްރައިސިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ ޖަލަށް ފުލުހުންގެ ޓީމެއް ގޮސްފައި ވަނީ އެ ޖަލުގައި އޮތް ބައްދަލުވުމަށް ކަމަށް ފުލުހުން ބުނެފި އެވެ.

ގައިދީންނަށް އަނިޔާކޮށް ޕެޕާ ސްޕްރޭ ޖެހުމަށްފަހު، ގައިދީންގެ މޫނަށް ފެން އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި އެ ވީޑިއޯގައި ފުލުހުން ތިބޭ މަންޒަރު ވެސް ފެނެއެވެ. އެއާއި އެކު އަޑުފެތުރިގެން ދިޔައީ، އެތަނުގައި ތިބީ އެސްއޯ ފުލުހުންކަމަށެވެ.

ވީޑިއޯއާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ”ސަންގު“ އަށް ވިދާޅުވީ ފުލުހުން މާފުށީ ޖަލަށް މިއަދު ގޮސްފައި ވަނީ ބައްދަލުވުމަކަށް ކަމަށެވެ. ޖަލުގައި އެއްވެސް އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ނުދާ ކަމަށާއި، ޖަލަށް އެސްއޯ ފުލުހުން ގޮސްފައި ނުވާކަމަށް ވެސް އިޒްމިޔާ ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން މާފުށީ ޖަލުގައި އޮފިސަރުންނާއި ގައިދީންނާ ދެމެދު ހަމަނުޖެހުން ހިންގާ ކަމުގެ އަޑުތަކެއް އިވެއެވެ. އެގޮތުން ރިމާންޑު ބަންދު ތިބޭ ގައިދީންނަށް ދޭ ބޭސްފަރުވާގެ ހިދުމަތާ މެދު ހިތްހަމަނުޖެހިގެން ގައިދީންތަކެއް އިހުތިޖާޖުކޮށް، ހެދިކަމުގެ މައުލޫމާތުތަކެއް ވަނީ ލިބިފައެވެ.

ގައިދީންނަށް އަނިޔާކޮށް ޕެޕާ ސްޕްރޭ ޖެހިކަމަށް ބުނެ، ފެންމަތިވީ މައްސަަލައަށް ކަމާއި ބެހޭ އެއްވެސް އިދާރާއަކުން މާބޮޑު ވާހަކަ ދައްކާފައިވެސް ނުވެއެވެ.

އެހެން ނަމަވެސް، މީޑީއާތަކުން އެ ވާހަކަތައް ރިޕޯޓު ކުރުމުން މުނާޒު ވަނީ ކަރެކްޝަންސްގެ ޖަލު އޮފިސަރުންގެ ދިފާއުގައި ޓްވީޓެއް ކުރައްވާފައެވެ. އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ސީދާ ޔަގީންކަން ނުދެއްވި ނަމަވެސް، އެފަދަ މޭރުމަކުން ވާހަކަ ދައްކަވާ މުނާޒް ވިދާޅުވީ އިދީންގެ ފަރާތުން ޖަލު އޮފިސަރުންނަށް ވެސް އެކިއެކި ގޯނާ ކުރުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެއް ކަމަށެވެ.

އެފަދަ އަމަލުތައް ހިންގާ ގައިދީންނަށް ހެޔޮ ވިސްނުން ލައިދީ އިސްލާހު ކުރުމުގެ ގޮތުން ރިހެބިލިޓޭޓްކޮށް އަލުން މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ޖަލުން ނެރުން އަމާޒަކަށް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޓްވީޓުގައި އޭނާ ވިދާޅުވީ ކަރެކްޝަންސްގެ އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

މުނާޒް ވެސް ސަންގުއަށް ވިދާޅުވީ ޖަލަށް ގޮސްފައިވަނީ، ބައްދަލުވުމަކަށް ކަމަށާއި، ހަމަނުޖެހުން ހިންގާފައިވަނީ ދެ ގައިދީއެއްގެ ދެމެދުގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: