ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރުމުން ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އުފުލައިފިއެވެ.
މިދިޔަ އަހަރު ނޮވެމްބަރު 19 ގައި ހުޅުމާލޭ ގެސްޓްހައުސްއެއް މަލް އާއި 11 ފިރިހެނުން ހައްޔަރުކޮށްފައި ވަނީ ބަނގުރާ ބޭނުން ކުރާ ކަމުގެ ތުހުމަތުގަ އެވެ.
އެކަމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލަގެ އޮފީހުން މިއަދު ބުނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 125 ވަނަ މާއްދާގެ ދަށުން ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ މަލްގެ މައްޗަށް އުފުލާފައިވާ ކަމަށާއި ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެ މައްސަލާގައި ހިމެނޭ ހަ ފިރިހެނަކަށް އުފުލައި ހުޅުމާލެ މެޖިސްޓްރޭޓަށް ހުށަހަޅާފައިވާ ކަމަށެވެ.
،ީގެއިތުރުން މިމައްސަލާގައި ހިމެނޭ އިތުރު ފިރިހެނެއްގެ މައްޗަށް ވެސް ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ޑްރަގް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު އިތުރު އަންހެނާ އެކު އދ. މާމިގިއްޔަށް ކުރި ދަތުރުގައި މަލްގެ ދަބަހުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ވެސް މަލްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލާގައި މަލްގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އާއި ކެނެބިސް ބޭނުން ކުރުމުގެ ދައުވާ އެވެ.
މީގެތެރެއިން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު އެއްލައްކަ ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. ކެނެބިސް ބޭނުން ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.

