ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ވަރު ބޮޑު ބިލެއް ހުށައެޅިގެން ދިޔަ އިރުގައި ރައްޔިތުން ތިބީ ކަނު އަނދިރީގައި: އަލީ ހުސައިން

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާ ބޮޑު އިސްލާހެއް ގާނޫނުއަސާސީއަށް ހުށައެޅިގެން ދިޔަ އިރުގައި ރައްޔިތުން ތިބީ ކަނު އަނދިރީގައި ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާއި ދެކޮޅަށް އެމްޑީޕީއާއި އެ ޕާޓީއާއި ގުޅިފައިވާ އެހެން ބައެއް ބޭފުޅުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އަލީ ހުސައިން ވަނީ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަލީ ހުސައިން ވިދާޅުވީ ހުރިހާ ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި އޮތް ޒަމާނުގައި ވެސް، ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްކުރުމުގެ ވާހަކައަކީ ދެކެވުނު ވާހަކައެއް ނޫން ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ މިނިވަންކޮށް ހިނގާ ތަނެއްކަމަށް ދެއްކުމަށްޓަކައި އޭރުވެސް ދެ އިންތިހާބު ބާއްވަން ޖެހޭނީ ވަކިންކަމަށް ގަބޫލުކުރާ ކަމަށާއި، ނަމަވެސް މިހާރުގެ ސަރުކާރުން ބާރުތައް ވަކިވެފައި އޮއްވާ އެ އިންތިހާބު އެކުގައި ބޭއްވުމަށް ކުއްލިޔަކަށް މަސައްކަތް ކުރަނީ ކީއްވެގެންކަން ރައްޔިތުންނަށް ކިޔައިދީފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ބިލު ހުށައެޅިގެން ދިޔަ ގޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، މިއީ ހަމަ ކުއްލިޔަކަށް ހުށައެޅިގެން ދިޔަ ބިލެއް ކަމަށާއި، ބިލު ހުށައެޅި އިރު މަޖިލީސް އޮތީ ރިސެސްގައި ކަމަށެވެ. އަދި ޖަލްސާ ބޭއްވީ ވެސް ހަމަ ކުއްލިއަކަށް ކަމަށާއި، މިފަދަ މުހިންމު ނިންމުމެއް ނިންމާއިރު ރައްޔިތުން ތިބީ އެއްވެސް މައުލޫމާތެއް ނެތި ”ކަނު އަނދިރީގައި“ ކަމަށް އޭނާ ވިދާޅުވިއެވެ.

”ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކު އެކީގައި ބާއްވައިފި ނަމަ ވޯޓުލާއިރު، ޖަވާބުދާރީކުރުވަން އުޅެނީ ކޮން ފަރާތެއްކަމެއް ނޭންގޭނެ. ރައްޔިތުން އަނދިރީގައި ބޭއްތިއްބުމުގެ މާނައަކީ މިއީ،“ އަލީ ހުސައިން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޑިމޮކްރަސީއެއްގައި އެންމެ ރަނގަޅު ގޮތަކީ 5 އަހަރުން އެންމެ ފަހަރަކު ރައްޔިތުންގެ ބަސް އިއްވުމުގެ ބަދަލުގައި، ގިނަ ފަހަރުތަކެއްގެ މަތިން ސަރުކާރާ މެދު ރައްޔިތުން ދެކޭ ގޮތް ހާމަކުރުމުގެ ފުރުސަތު އޮތުން ކަމަށެވެ.

ޑިމޮކްރަސީއަކީ ރައްޔިތުން ކުރާ ވެރިކަމެއްކަން ފާހަގަކުރައްވައި، އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ ބަސް ބުނުމުގެ ފުރުސަތު މަދުކުރުމަކީ ޑިމޮކްރަސީއެއްގައި ހިނގައިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުން 5 އަހަރަށް ހަވާލުކުރާ ވަޒީފާއެއް ކަމަށާއި، އެ ވަޒީފާ ރަނގަޅަށް އަދާނުކުރާނަމަ ވަކިކުރުމުގެ ބާރު ރައްޔިތުންނަށާއި މަޖިލީހަށް އޮންނަންވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: