ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ގެންނަން އުޅޭ އިސްލާހަކީ އެއްވެސް ގޮތަކުން ލެޖިޓިމެސީ ލިބިގެންނުވާ އިސްލާހެއް: ކުރީގެ އުއްތަމަ ފަނޑިޔާރު

ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުއަސާސީއަށް މިހާރު ގެންނަން އުޅޭ އިސްލާހަކީ އެއްވެސް ގޮތަކުން ގާނޫނީ ސައްހަކަން ނުވަތަ ލެޖިޓިމެސީ ލިބިގެންވާ އިސްލާހެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ދެ އިންތިހާބު އެކުގައި ބޭއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މި ބަދަލު ގެނައުމަށް މަސައްކަތްކުރާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީ ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައެވެ. މަޖިލިސް އެސެމްބަލް ވާން ކަނޑައެޅިފައި އޮންނަނީ ހަމައެކަނި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަމަލުކުރާ އުސޫލަކީ އެއީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިގޮތަށް ޖަލްސާ ބޭއްވޭނީ ހަމައެކަނި ފާއިތުވެދާނެހެން ހީވާ މުހިންމު ކަންކަމަށް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ގާނޫނުއަސާސީގެ ހުރުމަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ އަހުމަދު ވިދާޅުވީ، ގާނޫނުއަސާސީއަކީ ލީގަލް ހައިރާކީގެ އެންމެ މަތީގައިވާ އަދި ހާއްސަ މަގާމެއް ދެވިގެންވާ އެއްޗެއް ކަމަށެވެ.

”ގާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗެއްހެން އެހެނިހެން ގާނޫނުތަކަށް ހަދާހެން ކުއްލި ކުއްލިއަށް ބަދަލުކޮށްގެން ނުވާނެ،“ ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މީގެ އިތުރުން، ދައުލަތުގެ ބާރުތައް ބެހިގެންވާ ގޮތާއި އެ ބާރުތަކުގެ އިޚްތިޞާސްތައް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ވެރިކަން ހިންގުމުގެ ބާރާއި ރައްޔިތުންގެ މަޖިލީހަކީ އެންމެ މުހިންމު ދެ ބާރު ކަމަށްވާއިރު، ދުސްތޫރީ ހުވާގައިވެސް ގާނޫނުއަސާސީއަށް އިހްތިރާމްކުރުމަށް އޮންނަ ކަމީ މިއީ ބޭނުންވުމުން ކުއްލިއަކަށް ބަދަލުކުރެވޭނެ އެއްޗެއް ނޫންކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

އިސްލާހު ހުށަހެޅި ބިލާ ގުޅޭގޮތުން ޑރ. ދީދީ އިތުރަށް ވިދާޅުވީ، ބިލާއެކު އެކަށީގެންވާ ސަބަބެއް ބަޔާންކޮށްފައި ނެތް ކަމަށެވެ. އޭގެ ބަދަލުގައި ސަބަބުތައް ހާމަކުރަމުންދަނީ ސިޔާސީ ޕޯޑިއަމްތަކުގައި ނުވަތަ ކަމާ ނުގުޅޭ ބައްދަލުވުންތަކުގައި ކަމަށް ވިދާޅުވެ، މިއީ އަމިއްލަ ފައިދާއަށް ކުރާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: