ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ހަރަދުކުރުމަށް ކަމަށް ބުނެ ދެ އިންތިހާބު އެކުގައި ބޭއްވުމަކީ މަލާމާތެއް: އީވާ

މަޖިލީހުގެ ކުރީގެ ނައިބް ރައީސް އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ މަލާމާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ނައިބް ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ދެ އިންތިހާބު އެކުގައި ބޭއްވުމާއި ދެކޮޅަށް އެމްޑީޕީއާއި އެ ޕާޓީއާއި ގުޅިފައިވާ ބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ މިއަދުގެ ސަރުކާރުން ހަރަދުކުޑަކުރުމަށް ކަމަށް ބުނެ ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ ޑިމޮކްރަސީ ވަރުގަދަކުރުމަށް ކުރާ ކަމެކޭ ބުނުމަކީ ވެސް ހިނިއަންނަވަރުގެ ވާހަކައެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ހަގީގަތުގައި ހަރަދު ކުޑަކުރަން ބޭނުންވާނަމަ އެކަން ކުރެވޭނެ އެތައް ގޮތެއް އެބަހުއްޓެވެ.

”ސަރުކާރުން ހަރަދުކުޑަކުރަން ބޭނުންވާކަމަށް ވާނަމަ ހަރަދު ކުޑަކުރެވިދާނެ އެތައް ގޮތެއް އެންމެނަށް ވެސް ކިޔައިދެވިދާނެ. އެގޮތުން އެމްބަސީތަކުގައި ހުރި ސިޔާސީ ވަޒީފާތަކާއި، ’ގިރިޓީ‘ މަޝްރޫއުތަކަކީ ހަރަދުކުޑަކުރަން ކުރެވިދާނެ ކަންކަން،“ އީވާ ވިދާޅުވިއެވެ.

އިންތިހާބަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސްކަން ފާހަގަކުރައްވަމުން އީވާ ވިދާޅުވީ، އެއީ ރައްޔިތުންގެ އަތްމަތީގައި އޮންނަ ބާރެއް ކަމަށާއި، ހަރަދުކުޑަކުރަން ޖެހޭނީ ރައްޔިތުންގެ އަތްމަތީގައި އޮންނަ އެފަދަ ބާރަކުން ނޫން ކަމަށެވެ. އަދި ކުއްލިއަކަށް މި ބަދަލު ގެންނަން އުޅޭ ސަބަބާމެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އީވާ ތުހުމަތު ކުރެއްވި ގޮތުގައި ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކުރަން އުޅޭ ކަމަކީ ސަރުކާރު ހިންގާ ޕާޓީއަށް ކެމްޕެއިން ކުރުމުގެ ހަރަދު ކުޑަކުރުމެވެ. ދެ އިންތިހާބު އެއްކޮށްލުމުން ދެ ކެމްޕެއިން އެއް ކެމްޕެއިނަށް ބަދަލުވެ، ދައުލަތުގެ ވަސީލަތްތައް ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ދެ ބާރު ސަރުކާރު ހިންގާ ޕާޓީގެ މުށުތެރެއަށް ލާން ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަބަބުތަކަށްޓަކައި، އޭޕްރީލް 4 ގައި ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި ކޮންމެ ރައްޔިތަކުވެސް ވޯޓު ކަރުދާސްކޮޅުގައި ”ނޫނެކޭ“ ޖެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެ އީވާ ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: