ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްދުވަހެއްގައި ދެ އިންތިހާބު ބާއްވަން ހާއްސަ މަޖިޅީހުން ދެކޮޅެއް ނުހަދާ: ނާޒިމް

ޕީއެންސީގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް/ ފޮޓޯޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގާނޫނުއަސާސީ އިސްލާހުކުރިއިރު ރައްޔިތުންގެ ހާއްސަ މަޖިލިހުގައި ތިއްބެވި މެމްބަރުން ދެކޮޅުހެއްދެވި ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މީގެ 18 އަހަރު ކުރިން ފެހި ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ނާޒިމް މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީން މާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ފެންނަ ނުފެންނަ ވޯޓަކުން ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ފަހު އިންތިހާބުތައް ތަރުތީބު ކުރުން ނުވަތަ އިންތިހާބުތައް ބާއްވާނެ ތާރީހުތައް ކަނޑައެޅުމުގެ ބަހުސް ވެސް އޭރު މަޖިލިހުގައި ކުރިއަށްދިޔަ ކަމަށެވެ.

ނާޒިމް ފާހަގަކުރެއްވި ގޮތުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން މަޖިލިހަށް ހުށަހެޅުމެއް ކުރިން ހުށަހަޅައި ވޯޓަށް ވެސް އެހި އެވެ. އެހެންކަމުން މިއީ މުޅިން އަލަށް ކުރެވޭ ބަހުސެއް ނޫން ކަމަށާއި، މިއީ ކުރިންވެސް ބަހުސްކޮށް ނިމިފައި އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

”އެހެންވީމާ މިއީ ކުރެވިފައި ނެތް ބަހުސެއް ނޫން. މިއީ ކުރެވި، ނިމިފައި އޮތް ބަހުސެއް، އޭރު ރައްޔިތުން ނިންމެވީ އެގޮތަށް. ރިޔާސީ އިންތިހާބު 2008 ވަނަ އަހަރު ބާއްވާފައި 2009 ވަނަ އަހަރުގެ މޭމަހާ ހިސާބަށް މަޖިލިސް އިންތިހާބު ލަސްވެގެން ދިޔައީ މި ދެންނެވި ގާނޫނުތައް ހެދުން ލަސްވުމުގެ ސަބަބުން،“ ނާޒިމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ގާނޫނުއަސާސީ ތަސްދީގު ކުރުމަށް ފަހު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދެމެދު ފަރަގުތަކެއް އައީ ގިނަ މުއައްސަސާތަކެއް އުފެދި އަދި އާ ގާނޫނުތަކެއް ވުޖޫދަށް ގެނެސް އެ ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ނުހެދި ދިގުލައިގެން ދިއުމުން ކަމަށެވެ. އެ ގާނޫނުތައް ހަދައި، މަޖިލިހުން ފާސްކުރަން ނެގި ވަގުތުގެ ސަބަބުން ދެ އިންތިހާބު ބާއްވާ ތާރީހާ ދެމެދު ފަރަގެއް އައީ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: