ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް: ޤާސިމް

Image: Edition.mv
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ، ޤައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައި މިހާރުން މިހާރަށްވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމާ ގުޅޭގޮތުން ސިޔާސީ މަޝްރަޙުގައި ބަހުސްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.

މީސްމީޑިއާގެ މަންސަ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ރާއްޖޭގެ ސިޔާސީ މަޝްރަޙް ބަދަލުވެފައިވާ ގޮތަށް ބަލާއިރު، ދެ އިންތިޚާބު އެއްކޮށްލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި 2019 އާއި 2023 ގެ އިންތިޚާބުތަކުގައި މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ވެރިކަން ކުރާ ޕާޓީއަށް ރައްޔިތުން ދީފައިވީ ނަމަވެސް، އިންތިޚާބުވާ ރައީސަކަށް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަސް ހޭދަކުރަން ޖެހުމަކީ ދަތިތަކެއް ކުރިމަތިވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން އަލަށް އެކުލަވާލާ ސަރުކާރުތަކަށް ޖެއްސުންކުރުމާއި، ބަޖެޓް ހާވިޔާކޮށްލުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކުރުން ފަދަ ކަންކަން ފާއިތުވި މަޖިލީސްތަކުން ފެނިފައިވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

 ”ޤައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައިވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ،“ ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ދައުލަތުގެ ބަޖެޓުން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި، އެ ފައިސާ ރައްޔިތުންގެ އެހެން ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ. އަދި މި ބަދަލުގެ ސަބަބުން ސިޔާސީ ނިޒާމުގައި އުފެދޭ ހަމަނުޖެހުންތަކާއި، އިންތިޚާބުތަކާ ގުޅިގެން ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ވެސް ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޤާސިމް އިތުރަށް އެދިވަޑައިގަތީ، އަންނަ އޭޕްރީލް މަހުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކު ކުރިއަށް ގެންދާ ”ފެންނަނުފެންނަ“ ވޯޓުގައި، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ރައްޔިތުން ތާއީދުކޮށް ”ފެންނަ“ ކަމަށް ވޯޓު ދެއްވުމަށެވެ. މަޖިލީހުން ގެނައި މި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާނީ ރައްޔިތުންގެ ލަފާ ލިބުމުން ކަމަށްވާތީ، މިއީ ރައްޔިތުންނަށް ލިބޭ މުހިންމު ފުރުޞަތެއް ކަމުގައި އޭނާ ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: