ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަހު ދިހައެއްގައި ދަމު ނަމާދު ކުރާނެ މިސްކިތްތައް އާއްމުކޮށްފި

ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމާއި އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ލިސްޓު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު އާންމުކޮށްފިއެވެ.

އެ ވުޒާރާއިން ކުރި އިއުލާނުގައިވާ ގޮތުން، މާލެ ސިޓީގެ އެކި ސަރަހައްދުތަކުން ޖުމްލަ 35 މިސްކިތެއްގައި ދަމުނަމާދު ކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގެ 21 މިސްކިތަކާއި، ވިލިމާލޭގެ 3 މިސްކިތެއްގެ އިތުރުން ހުޅުމާލެ ފޭސް އެކެއްގެ 6 މިސްކިތަކާއި ފޭސް ދޭއްގެ 5 މިސްކިތެކެވެ.

މާލޭގައި ދަމުނަމާދު ކުރާ މިސްކިތްތައް

މާލޭގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒު، ސަލްމާން މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، ފުރްޤާން މިސްކިތް، ނޫރު މިސްކިތް، އަދި ޝަހީދު ޢަލީ މިސްކިތް ހިމެނެއެވެ. މީގެ އިތުރުން ޠައިބާ މިސްކިތް، ދުނބުރި މިސްކިތް، ފަނޑިޔާރު މިސްކިތް، ބަންޑާރަ މިސްކިތް، ޞަލާޙުއްދީން މިސްކިތް، ޖަލާލުއްދީން މިސްކިތް، އިބްރާހީމް މިސްކިތް، އިސްކަންދަރު މިސްކިތް، ބޮޑުގެ ވަގުތީ މިސްކިތް، ރަންމިސްކިތް، ފައިފުހޭ މިސްކިތް، މާވެޔޮ މިސްކިތް، ޢަފީފުއްދީން މިސްކިތް، އާމިސްކިތް އަދި ޛިކްރާ މިސްކިތުގައިވެސް ދަމުނަމާދު ކުރާނެއެވެ.

ހުޅުމާލެ އަދި ވިލިމާލޭގެ އިންތިޒާމުތައް

ހުޅުމާލެ ފޭސް އެކެއްގައި ދަމުނަމާދު ކުރާނީ ވައްގުއްބު މިސްކިތް، މަސްޖިދު ރަޝީދު، ޢަޒީޒާ މޫސާ މިސްކިތް، މަސްޖިދުލްއަޞްދިޤާ، މަސްޖިދުލްވާލިދައިނި އަދި މަސްޖިދު މުޙައްމަދުގައެވެ. ފޭސް ދޭއްގައި ހިމެނެނީ މަސްޖިދު ޙަސަން ޢާދަމް، މަސްޖިދު އީމާން، މަސްޖިދު އަމީލް ޖަލީލް، މަސްޖިދު އަބީބަކުރިނިއްޞިއްދީޤް އަދި މަސްޖިދު ޢުޘްމާނު ބިން ޢައްފާނެވެ.

ވިލިމާލޭގައި ދަމުނަމާދު ކުރުމަށް ހަމަޖައްސާފައި ވަނީ މަސްޖިދުލްބިއްރި، މަސްޖިދުއްސަލާމް އަދި މަސްޖިދުލްއިޚްލާސްގައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި ލިސްޓު އާންމުކޮށްފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އަޅުކަންތަކަށް އާންމުންނަށް ފަސޭހަކޮށްދިނުމުގެ މަގްސަދުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: