ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ބަޔާން އިއްވުން ބާއްވަނީ ރައްޔިތުންގެ މަޖިލީހުގައި

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުން އޮންނާނީ ރައްޔިތުން މަޖިލިސް ކުރާ ގޭގައި ކަމަށް މަޖިލިސް އިދާރާއިން ބުނެފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން ދެއްވީ ދަރުބާރުގޭގައެވެ. ރިޔާސީ ބަޔާން އިއްވައި ޖަލްސާ ދަރުބާރުގޭގައި ބާއްވަން ފެއްޓެވީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ރައްޔިތުންގެ މަޖިލިަސް މިއަހަރަށް ހުޅުވާ ޖަލްސާ ބާއްވާ ރިޔާސީ ބަޔާން އިއްވުން އަންނަ މަހުގެ ތިން ވަނަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީޙުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ބުނެފައި ވަނީ މަޖިލިަސް މިއަހަރަށް ހުޅުވާ ޖަލްސާ އަންން މަހުގެ ތިން ވަނަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިވާ ކަމަށެވެ.

މީގެއިތުރުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާ ބޭއްވުމަށް ނިންމާފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: