ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާންގެ އައު ރޫހާނީ ލީޑަރަކަށް ޚާމަނާއީގެ ދަރިކަލުން މޮޖްތާބާ ޚާމަނާއީ އިންތިޚާބުކޮށްފި

Image: This is Beirut
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހު އަވަހާރަވި އާޔަތުالله އަލީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މޮޖްތާބާ ޚާމަނާއީ، އީރާނުގެ އައު ރޫހާނީ ލީޑަރަކަށް ހޮވިއްޖެ ކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އުމުރުން 56 އަހަރުގެ ދީނީ އިލްމުވެރިޔާ މޮޖްތާބާ ޚާމަނާއީގެ މަންމައާއި، އަނބިކަނބަލުން އަދި އެއްބަނޑު އެއްބަފާ ކޮއްކޮ ވަނީ އެމަނިކުފާނުގެ ބައްޕަ އަވަހާރަވި ހަމަލާގައި މަރުވެފައެވެ. ނަމަވެސް، މިހާތަނަށް އީރާނަށް ދިން ވަރުގަދަ ބޮމުގެ ހަމަލާތަކުން މޮޖްތާބާ ޚާމަނާއީ ސަލާމަތްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ އެންމެ މަތީ ލީޑަރު ހޮވުމުގެ ބާރު ލިބިގެންވާ 88 މެންބަރުންގެ މައްޗަށް އެކުލެވޭ އެސެމްބްލީ އޮފް އެކްސްޕާޓްސް އިން ވަނީ އީރާނުގެ ރައްޔިތުންނަށް އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، އައު ލީޑަރު މޮޖްތާބާ ޚާމަނާއީއަށް ތާއީދުކޮށް ބައިއަތު ހިފުމަށް ގޮވާލާފައެވެ.

އާދީއްތަ ދުވަހު ދައުލަތުގެ މީޑިއާގައި އާންމުކުރި ބަޔާނެއްގައި އެ މަޖިލީހުން ބުނެފައި ވަނީ، ޚާމަނާއީ ހޮވާފައިވަނީ ”ފެންނަ ނުފެންނަ ވޯޓަކަށް“ ބަލައިގެން ކަމަށެވެ. އަދި އީރާނުގެ ހުރިހާ ރައްޔިތުންނާއި، ޚާއްޞަކޮށް ސެމިނާރީތަކާއި ޔުނިވާސިޓީތަކުގެ ފިކުރީ ބޭފުޅުން ލީޑަޝިޕަށް ބައިއަތު ހިފުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މޮޖްތާބާ ޚާމަނާއީ އަކީ މީގެ ކުރިން ދުވަހަކުވެސް ސީދާ ވެރިކަމަށް ކުރިމަތިލެއްވި ބޭފުޅެއް ނޫނެވެ. ނަމަވެސް، އެމަނިކުފާނަކީ ދިގު ޒަމާންތަކެއް ވަންދެން ކުރީގެ އެންމެ މަތީ ލީޑަރުގެ ކެބިނެޓުގައި ވަރަށް ނުފޫޒުގަދަ ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ޒުވާން ޚާމަނާއީ ވެރިކަމަށް ވަޑައިގަތުމަކީ އީރާނުގެ ބާރުވެރި ފަރާތްތަކުގެ މެދުގައި ވެރިކަން ހިފެހެއްޓިފައިވާ ކަމުގެ ސާފު ނިޝާނެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: