ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދައިގެ ފަހު ދިހައެއްގައި ބީއެމްއެލްގެ ބްރާންޗްތައް ހުޅުވާ ދުވަސްތައް އާންމުކޮއްފި!

Image: BML
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަ މަހުގެ ފަހު ދިހައެއްގައި ބީއެމްއެލްގެ ބްރާންޗްތައް ހުޅުވާ ދުވަސްތައް އާންމުކޮއްފިއެވެ.

މީޑީއާ ތަކަށް ފޮނުވި މެސެޖެއްގައި ބީއެމްއެލްއިން ވިދާޅުވީ ރޯދައިގެ ފަހު ދިހައެއްގައި ބީއެމްއެލް ބްރާންޗްތައް ހުޅުވާނީ މިމަހު 11 އަދި 18 ވީ ބުދަ ދުވަހު ކަމަށެވެ.

މި ދެދުވަހު ބްރާންޗްތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:30އަށެވެ. އަދި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު އެ ބޭންކުގެ ބްރާންޗުތައް ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:30އަށް ހުޅުވާނެ ކަމަށް ވެސް ބީއެމްއެލް އިން ވިދާޅުވިއެވެ.

ބީީއެމްއެލްއިން ވިދާޅުވީ ބީއެމްއެލްގެ ބްރާންޗްތަކުގެ ޙިދުމަތް މި 2 ދުވަހު ލިބުނު ނަމަވެސް ބީއެމްއެލްގެ ޚިދުމަތްތައް އޮންލައިންކޮށް ފަހު ދިހައެއްގެ ހުރިހާ ދުވަހެއްގައި ވެސް ލިބޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: