ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުމީހާގެ ސިއްހަތާއި ދުޅަހެޔޮ ކަމަށް ރައީސް ވަރަށް މުހިއްމު އަހަންމިއްޔަތުކަމެއް ދެއްވާ: ޖާބިރު

ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު ޖާބިރު:ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ވިދާޅުވީ ރައީސް މުއިއްޒުގެ އެންމެ ހާއްސަ އެއް ސިފައަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުން ކަމަށާއި، އެމަނިކުފާނަކީ ރައްޔިތުންގެ އަޑުއަހައިގެން ވެރިކަން ކުރައްވާ ބޭފުޅެއް ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

ރާއްޖޭގެ ސިއްހީ ނިޒާމަށް އަލިއަޅުއްވާލައްވަމުން ޖާބިރު ވިދާޅުވީ، މީގެ ކުރިން ނުކިއްސަރުކޮށް އޮތް ސިއްހީ ނިޒާމު އިސްލާހުކޮށް، ރައްޔިތުންގެ ދުޅަހެޔޮކަމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތަކަކީ އެހެން ރައީސުންނާ ހިލާފަށް ފާހަގަކުރެވޭ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކަމަށެވެ. މީގެ އިތުރުން، ގިނަ ދުވަސްތަކެއް ވަންދެން ހައްލުނުވެ އޮތް ގޭންގު ކުށްތަކާއި މާރާމާރީގެ މައްސަލަތައް މިހާރު ވަރަށް ބޮޑަށް މަދުވެފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ޖާބިރު ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުން އެކަމަށް މަސައްކަތް ކުރި ނަމަވެސް އެދެވޭ ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތުން ބޮޑެތި ކުރިއެރުންތަކެއް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިގްތިޞާދީ ހާލަތާ ގުޅޭގޮތުން ޖާބިރު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ތަރައްގީގެ މަޝްރޫއުތަކާއި އިގްތިޞާދު ވަރަށް ބޮޑަށް ދަށްވެފައި އޮތް ދަނޑިވަޅެއްގައި ކަމަށެވެ. އެހެންނަމަވެސް، ބޭރުގެ ބޮޑެތި ދަރަނިތަކާ އެކު ވެސް ތަރައްގީގެ މަޝްރޫއުތައް ބާރު ދުވެލީގައި ކުރިއަށް ގެންދަވައި، އާންމު ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.

ޖާބިރު ވިދާޅުވީ، ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކާ އެކު ރައީސް ގެންގުޅުއްވަނީ ވަރަށް ވިސްނުންތެރި ސިޔާސަތުތަކެއް ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ދައްކަވަމުން ގެންދަވާއިރު، ދައުލަތުގެ މާލީ ރިޒާވްގައި ވެސް މިހާރު ވަރަށް ބޮޑު އަދަދެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: