ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އަލައިކާ އިނގޭތަ؟“ ނަމުގައި ހާއްސަ ކެމްޕެއިން ކުއިޒްތަކެއް އިފްތިތާހުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު އާޝިޔަތު އަލައިކާ އަދުނާނުގެ ކެމްޕޭންގެ ތެރެއިން ”އަލައިކާ އިނގޭތަ؟“ ނަމުގައި ހާއްސަ ކުއިޒް ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

މި ކުއިޒްއަކީ އަލައިކާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ކުއިޒްގައި އަލައިކާ.އެމްވީ (alaika.mv) ވެބްސައިޓް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ. މި ކުއިޒްގެ ބައިވެރިންގެ މެދުގައި ގުރުއަތުލައިގެން ހާއްސަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި އެކަކަށް ލިބޭ އުމްރާ ދަތުރެއް ހިމެނެއެވެ.

ޕީއެންސީގެ ފަރާތުން މި އިންތިހާބަށް ކުރިމަތިލައްވާފައިވާ އަލައިކާ ވަނީ ރައީސުލްޖުމްހޫރިއްޔާއާ އެކު އެކި ޑޯޓުޑޯ ހަރަކާތްތަކާއި ކެމްޕެއިންގެ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އޭނާ އަކީ މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ނެރުއްވި ބަޔާނެއްގައި އަލައިކާ ވިދާޅުވީ، މުޖުތަމައުގެ ކުރިއެރުމާއި ތަރައްގީގެ ނިންމުންތަކުގައި އަންހެނުންގެ ހިޔާލާއި ކަންބޮޑުވުންތައް ހިމެނުން ކަށަވަރުކުރަންޖެހޭ ކަމަށެވެ. އަދި އަންހެނުންނަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދީ، މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެކަނިވެރި މައިންނާއި ދަތި ހާލުގައި އުޅޭ އާއިލާތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް އަލައިކާ ވިދާޅުވިއެވެ. އަންހެނުންގެ ދުޅަހެޔޮކަމާއި، ރައްކާތެރިކަމާއި ޒަރޫރީ ހިދުމަތްތައް ފަސޭހައިން ހޯދޭނެ ގޮތްތައް ކަށަވަރުކޮށްދިނުމަކީ އޭނާގެ މުހިންމު އަމާޒެއްކަން ވަނީ ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: