ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ނ. ކެނދިކުޅުދޫ ”މަސްޖިދުއްރަޙްމަތު“ ހުޅުއްވައިދެއްވައިފި

ނ، ކެނދިކުޅުދޫ "މަސްޖިދުއްރަޙްމަތު" ހުޅުވުމުގެ ރަސްމީއްޔާތުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫގައި އަލަށް ޢިމާރާތްކޮށްފައިވާ ”މަސްޖިދުއްރަޙްމަތު“ މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި މިސްކިތް ހުޅުއްވައިދެއްވާފައިވަނީ، ބުދަ ދުވަހު ކެނދިކުޅުދޫގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

550 މީހުންގެ ޖާގައިގެ މި މިސްކިތަކީ ހެޔޮ އެދޭ ފަރާތަކުން ކެނދިކުޅުދޫގައި ޢިމާރާތްކޮށްފައިވާ މިސްކިތެކެވެ. ރައީސުލްޖުމްހޫރިއްޔާ ބިންގާ އަޅުއްވައިދެއްވާފައިވާ މި މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވަނީ 17 މާރިޗު 2019 ގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން އެންމެ ފުރަތަމަ ބިންގާ އަޅުއްވާފައިވާ މި މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތަށް ހޭދަވެފައިވަނީ 296 ދުވަހެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، ވިޔަފާރި ކުރުމަށް، އަދި ވަކީން ޚާއްޞަކޮށް އިންވެސްޓް ކުރާ ފަރާތްތަކަށް ހުރި ދަތިތައް ޙައްލުކޮށްދެއްވައި، ވިޔަފާރިވެރީންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވަން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ވިޔަފާރިވެރީންނަށް ޤާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ ހުރަސްތައް ނައްތައިލުމަށް  ފާއިތުވި އަހަރުގެ ތެރޭގައި ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށެވެ.

މީގެ އިތުރުން، ޤައުމު ތަރައްޤީ ކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ، ވަކި ރަށެއް ތަފާތު ކުރުމެއް ނެތި، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅެމުންދާ ހުރިހާ ރައްޔިތުންނަށް ނަފާއާއި މަންފާ ލިބޭނެ ގޮތަށް ތަރައްޤީގެ ކަންތައްތައް އިންތިޒާމް ކުރެއްވުން ކަމަށެވެ. މީގެ އިތުރުން، ކެނދިކުޅުދޫގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ، އަދި މިހާރުވެސް ހިނގަމުންދާ މަސައްކަތްތަކާއި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އެމަނިކުފާނު ޙިއްޞާ ކުރެއްވިއެވެ.

”މަސްޖިދުއްރަޙްމަތު“ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ މިސްކިތް ބައްލަވައިލައްވާ، މިސްކިތުގެ ގޯތިތެރޭގައި ގަހެއް އިންދަވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި ކެނދިކުޅުދޫ ރައްޔިތުންގެ ފަރާތުންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: