ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކީ އެއްވެސް އިރެއްގައި ރައްޔިތުންނަށް ހެޔޮ އެދިގެން ވާހަކަދައްކާ ބައެއްނޫން: އައިފާން

އާބަން ޑިވެލޮޕްމެންޓްގެ ބިލުގެ ބަހުސް ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ އެއްވެސް އިރެއްގައި ރައްޔިތުންނަށް ހެޔޮ އެދިގެން ވާހަކަދައްކާ ބައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ވިދާޅުވެއްޖެއެވެ.

އައިފާން މިހެން ވިދާޅުވީ ހުޅުމާލޭގައި ކުރިއަށްދިޔަ ރައީސުލްޖުމްހޫރިއްޔާގެ ”ޑޯޓުޑޯ“ ހަރަކާތުގެ ތެރެއިން ސަންގުޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އައިފާން ވިދާޅުވީ ރަމަޟާން މަހުގެ ތެރޭގައި ވެސް ކެމްޕެއިންގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ދިޔުމުން އަންގައިދެނީ، ޕީއެންސީން މި އިންތިހާބު ކާމިޔާބުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބޮޑުކަން ކަމަށެވެ. އަދި މީގެ ކުރިން އެހެން އެއްވެސް ޕާޓީއަކުން އިންތިހާބަކަށް ނުދޭ ފަދަ ބޮޑު އަހަންމިއްޔަތުކަމެއް މިހާރުގެ ސަރުކާރު ހިންގާ ޕާޓީން ދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް ރަނގަޅު ގޮތުގައި ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ އުންމީދުގައި މިއަދު ނިކުމެ ތިބީ ހަމައެކަނި ޕީއެންސީގެ ބޭފުޅުން ކަމަށް އައިފާން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ޕީއެންސީގެ ރައީސް ރައީސް ޑރ. މުއިއްޒުއަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، މާލޭގެ މޭޔަރުކަން ކުރެއްވި ދުވަސްވަރު ކައުންސިލްގެ ތެރެއިން ދިމާވާ މައްސަލަތައް ރައީސްގެ ސަމާލަކަމަށް އައިސްފައިވާ ކަމަށެވެ.

އިންތިހާބާ ގުޅިގެން އެމްޑީޕީން ސަރުކާރަށް އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އައިފާން ވިދާޅުވީ، ”އެމްޑީޕީއަކީ އެއްވެސް އިރެއްގައި ރައްޔިތުންނަށް ހެޔޮ އެދިގެން ވާހަކަދައްކާ ބައެއް ނޫން“ ކަމަށެވެ. އަދި އެ ޕާޓީއަކީ ސިޔާސީ މަންފާ ހޯދުމަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ބައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، އެމްޑީޕީން އެކި މީހުންގެ މަރުތައް ވެސް ސިޔާސީ ކޮށްގެން ވިއްކަން އުޅުނު ކަމަށާއި، މިއީ އެ ޕާޓީން އާންމުކޮށް ކުރަމުން އަންނަ ކަމެއް ކަމަށް އައިފާން ވިދާޅުވިއެވެ. ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެ އެ ޕާޓީން ވަކާލާތު ކުރި ނަމަވެސް، އަމަލުން އެކަން ދުވަހަކުވެސް ދެއްކިފައި ނުވާ ކަމަށް ވިދާޅުވެ އައިފާން ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: