ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެންކުގެ އެންމެ މަތީ މަސްލަހަތަކީ ދިވެހި ގައުމަށް އެންމެ ފައިދާ ކުރާނެ ގޮތަށް އަމަލުކުރުން: ޝަރީފް

Image: BML
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެންމެ މަތީ މަސްލަހަތަކީ އެ ބޭންކު އުފެއްދި މަގްސަދު ހާސިލްކުރުމާއި، ހިއްސާދާރުންނާއި ދިވެހި ރައްޔިތުންގެ އިތުރުން މުޅި ގައުމަށް އެންމެ ފައިދާ ކުރާނެ ގޮތަށް އަމަލުކުރުން ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ރޭ ބޭއްވި ’ސްވައިޕް އައްޑޫ ސިޓީ‘ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބީއެމްއެލްއިން ނިންމާ ނިންމުންތަކަކީ ވަކި ވިސްނުމެއްގައި ސަރުކާރުން ބޭނުންވާ ގޮތަށް ނިންމާ ނިންމުންތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ، ޝަރީފް ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ބޭންކު ހިންގުމާ ހަވާލުވެ ހުރި އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މިފަދަ ކަންކަމުގައި ހަގީގަތް ހާމަކުރުމަކީ އޭނާގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ ގައުމީ ބޭންކުކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ސަރުކާރެއްގެ ބޭނުމަކީ ގައުމުގެ ތަރައްގީއާއި ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުން ކަމަށާއި، ބޭންކުން އެކަމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ގިނަ މަޝްރޫއުތަކެއް ހިންގަވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

”އާދެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ރައްޔިތުންނަށް، ވިޔަފާރިތަކާއި ފަރުދުން ހިމެނޭހެން، މިހުރިހާ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތަކާއި ވަސީލަތްތައް ވީހާވެސް އަވަހަކަށް، ވީހާވެސް ފަސޭހައިން ފޯރުކޮށްދެއްވުމަށް ތަރައްގީގެ ގިނަ މަޝަރޫއުތަކެއް އެބަ ހިންގަވާ. މިފަދަ ތަރައްގީގެ މަޝްރޫއުތަކަށް ބޭންކިންގ އުސޫލުތަކުގެ ތެރެއިން ބައިވެރިވެ އެހީތެރިވެދިނުމަކީ، ގައުމީ ބޭންކުގެ ހައިސައްޔަތުން އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. މި ބެންކު އުފެއްދި މައިގަނޑު އެއް މަގްސަދުވެސްމެ“ – މުހަންމަދު ޝަރީފް

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: