ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގެ ޒުވާނުންނަށް ސްވައިޕް ކަހަލަ ފުރުސަތުތައް ލިބުމަކީ ރަނުގެ ފުރުސަތެއް: ވަޒީރު

Image: BML
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ތިބި ޒުވާނުންނާއި، ޓެކްނޮލަޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަމުންދާ ކުދިންނަށް ’ސްވައިޕް‘ ފަދަ ޑިޖިޓަލް ފައިނޭންޝިއަލް ޕްލެޓްފޯމެއް ލިބިގެންދިޔުމަކީ ރަނުގެ ފުރުސަތެއް ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލަޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫ ސްކޫލު ހޯލުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި އުފެދިގެން އަންނަ އާ ވިޔަފާރިތަކަށާއި، ވިޔަފާރީގެ ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މިއީ ހުޅުވިގެންދާ ވަރަށް ބޮޑު ދޮރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އިހްސާންގެ ވާހަކަފުޅުގައި ބީއެމްއެލްއިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން ވިދާޅުވީ، ޓެކްނޮލަޖީގެ ގޮތުން ބޭންކް އޮތީ އެ ވުޒާރާއަށްވުރެ ވެސް އެއް ފިޔަވަޅު ކުރީގައި ކަމަށެވެ. އެކަމަށްޓަކައި ބޭންކުގެ މެނޭޖްމަންޓަށާއި މުވައްޒަފުންނަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުޅި ރާއްޖެ ޑިޖިޓަލް ކުރުމުގެ ސިޔާސަތުގެ ދަށުން އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

 ”ސްވައިޕްއަކީ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅިފައިވާ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ނިޒާމެއް،“ ވަޒީރު ވިދާޅުވިއެވެ.

މި ޕްލެޓްފޯމާއެކު އައްޑޫގެ އިގްތިސާދީ ހަރަކާތްތަކަށް އިތުރު ދިރުމެއް ލިބި، ޒުވާނުންނަށް ޓެކްނޮލަޖީގެ ބޭނުން ހިފައިގެން ކުރިއަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: